Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މާލެއަކީ ފެށުނީއްސުރެ އެމްޑީޕީގެ ހާއްޔެއް: ރައީސް ޞާލިޙް

މާލެއަކީ ފެށުނީއްސުރެ އެމްޑީޕީގެ ހާއްޔެއް: ރައީސް ޞާލިޙް

މާލެއަކީ ފެށުނީއްސުރެ އެމްޑީޕީގެ ހާއްޔެއްކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އިއްޔެ ނިންމާލި އިންތިހާބުގެ ކުރިން ކެމްޕެއިން ތެރެއިން ރައީސް ނަޝީދު ވަނީ ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް އައިސްފިނަމަ ކަންކަން ކުރަން ވަރަށް ދަތިފުޅުވާނެ ކަމަށާއި ނަމަވެސް އެމްޑީޕީގެ ހާއްޔަށް ޕީޕީއެމްއަށް ބިސް ނޭޅޭނެ ކަމަށް ވިދާޅުވެފައެވެ.

Advertisement
Allied — Dhen Online (box)

2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މުއިއްޒު މާލޭގެ މޭޔަރުކަމަށް ހޮވިވަޑައިގެންފައި ވާތީ އެކަމާ ދޭތެރޭ ދެކެނީ ކިހިނެއްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ހާލި ހެދީ އެމްޑީޕީން ކަމަށާއި ނަމަވެސް ޕީޕީއެމްއިން އެ ހާއްޔަށް ބިސް އަޅާފައިވާ ކަމަށެވެ. އަދި މިއަދު ނޫސްވެރިންގެ ބައްދަލު ވުމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެސް ވިދާޅުވީ މާލެއަކީ ފެށުނީއްސުރެ އެމްޑީޕީގެ ހާއްޔެއް ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ ކަންބޮޑުވުން ހުރީ ހީކުރި ވަރަށް ވުރެ މަތީގައި ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހި ކަމުގެ މައްސަލަ ކަމަށާއި، އެ މައްސަލައަށް ހައްލު ހޯދައިދޭން ޖެހޭނެ ކަމަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ވެސް މާލެ ރައްޔިތުންނަށް ވަރަށް ބޮޑަށް އަސަރު ކުރި ކަމަށާއި އެއީ ވެސް ސަބަބެއް ކަމަށެވެ. އެ ގޮތުން ޓެކްސީ ދުއްވާ ބޭފުޅުންނާއި ރެސްޓޯރެންޓުތަކުގެ ވެރިންނާއި ވިޔަފާރިވެރިންނަށް ގެއްލުންވި ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް