Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ދީން

އިންތިޚާބާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމަށް ފަރުވާދީ ސާފު ހިތަކާއެކު ރަމަޟާންމަހަށް އިސްތިގުބާލް ކުރަމާ!

އިންތިޚާބާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމަށް ފަރުވާދީ ސާފު ހިތަކާއެކު ރަމަޟާންމަހަށް އިސްތިގުބާލް ކުރަމާ!

މިދިޔަ ހޮނިހިރު ދުވަހު އަޅުގަނޑުމެން މި ނިންމާލީ ވާދަވެރި އިންތިޚާބެކެވެ. ސިޔާސީ ޕާޓީތަކާއި އަމިއްލަ ކެނޑިޑޭޓުން ވާދަކޮށް އެއް ބަޔަކަށް ކާމިޔާބު ، އަދި އަނެއް ބަޔަކަށް ނާކާމިޔާބު ލިބިގެން ދިޔައީ އާންމު އުޞޫލުގެމަތީންނެވެ.

މިފަދަ ކޮންމެ ދަނޑިވަޅަކީ އަހަރެމެންގެ މުޖުތަމަޢުގައި ދޭދޭ އަފުރާދުންގެ މެދުގައި ނުތަނަވަސްކަން އުފައްދާ ދަނޑިވަޅެކެވެ. ޑިމޮކްރަސީގެ އަނދިރިފަރާތުގެ ނުލަފާ ކަމުގައި އެތައް ބަޔަކު ވަނީ އެކަކު އަނެކަކުގެ ހިތުގައި ޖައްސާފައެވެ. ހިތް ބަރުކޮށްފައެވެ. ނަމަވެސް އަހަރެމެންގެ ކުރިމަތީގައި އޮތީ މިކަންކަމަށް ފަރުވާ ހޯދާ ހިތްތައް ސާފުކޮށްލަން އޮތް ރަނުގެ ފުރުސަތެކެވެ.

ރަމަޟާންމަހުގެ ތެރެއަށް އަހަރެމެން މިހާރު ވަދެފައިވާ އިރު އެންމެ ބޮޑަށް ވިސްނަން ޖެހޭ ކަމަކީ ނަފްސު ހިސާބުކޮށް އިޞްލާޙްކުރަން ޖެހޭ ކަންކަން ދެނެގަތުމެވެ. ހިތް ނިޔަތް ޚާލިޞްކޮށް ، ތެދުވެރި ތައުބާއަކުން ތައުބާވުމެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން ވެސް ވިސްނާލަން ޖެހޭ މުހިންމު ކަމެއް އެބައޮތެވެ. އިންތިޚާބާއެކު އަހަރެމެންގެ ތެރޭގައި އޮތް ހިތްބުރަކަން ފިލުވާލުމެވެ. އަހަރެމެންގެ ހިތްތައް އެކަކު އަނެކަކުގެ މައްޗަށް ސާފު ކޮށްލުމެވެ.

މިކަން ކުރާން އޮތް އެންމެ މޮޅު ގޮތަކީ އެކަކު އަނެކަކަށް ހިތް ސާފުކޮށް މައާފު ކުރުމެވެ. މަޢާފަށް އެދި ހިތަށާއި ނަފްސަށް ލުއި ހޯދުމެވެ. ހަމަކަށަވަރުން މަޢާފް ކުރުމަކީ ﷲ ތަޢާލާ ލޯބިވެ ވޮޑިގަންނަވާ ޢަމަލެކެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.

وَلْيَعْفُوا وَلْيَصْفَحُوا ۗ أَلَا تُحِبُّونَ أَن يَغْفِرَ اللَّهُ لَكُمْ ۗ وَاللَّهُ غَفُورٌ رَّحِيمٌ

އަދި އެއުރެން عفو ކޮށް މާފު ކުރާހުށިކަމެވެ! اللَّه ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމު ހެއްޔެވެ؟ اللَّه އީ، ގިނަގިނައިން ފާފަ ފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.

އިންސާނުންނަކީ ކުށްފާފަ ކުރެވޭނެ ބައެއްކަން ދަނެ ، އަދި އެންމެ ނުބައިކަމަކީ އެ ކުށްފާފައިގެ މަތީގައި ދެމިހުރުންކަމަށް ވާއިރު ހިތް ސާފުކޮށް ނަފުސަށް ލުއި ހޯދަމާ ހެއްޔެވެ؟ އިންތިޚާބުގެ ދިލަ ހޫނުން ނުތަނަވަސްކަން ވެރިވެފައިވާ ވެށި ،މައާފަށް އެދުމާއި މައާފު ކުރުމުން ، އަމާން ކުރަމާ ހެއްޔެވެ؟

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް