Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިންތިހާބަށް ނުފޫޒު ފޯރުވައިގެން ވެސް ލިބުނީ 30 އިންސައްތަ: ޖަމީލް

އިންތިހާބަށް ނުފޫޒު ފޯރުވައިގެން ވެސް ލިބުނީ 30 އިންސައްތަ: ޖަމީލް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރުން ނުފޫޒު ފޯރުވައިގެން ވެސް އެމްޑީޕީއަށް ލިބުނީ 30 އިންސައްތަ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނީ ކާމިޔާބީއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވުމާ ގުޅިގެން ޖަމީލް މިއަދު ވިދާޅުވީ ވެރިކަމުގައި ބޮޑު ކުރެވުނީ ހަމައެކަނި އަންބޮނޑިއާއި ވައްކަން ކަމަށާއި އިންތިހާބަށް ހުރިހާ ނުފޫޒެއް ފޯރުވައިގެން ވެސް އެމްޑީޕީއަށް ލިބުނީ 30 އިންސައްތަ ކަމަށެވެ.

”މާލެހިމެނޭ ގޮތަށް އެތައް ރައްޔިތުން އެމްޑީޕީީގެ އަތްދަށުން ސަލާމަތްވެގަތީ އެހެންވެ. ކާމިޔާބަކަށްވީ އެކަންތޯ؟ ވޯޓުދިން ރައްޔިތުންނަށް މަލާމާތްކުރުން ހުއްޓާލައްވާ.” ޖަމީލް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިހު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ 92 ޕަސެންޓް ވޯޓު ގުނި އިރު ވޯޓުގެ 49 ޕަސެންޓް ވަނީ އެމްޑީޕީއަށް ކާމިޔާބު ކުރެވިފައި ކަމަށެވެ.

މިޑްޓާމް އިލެކްޝަނެއްގައި އަދި މިހާތަނަށް މިވަރުގެ ކާމިޔާބީއެއް އެއްވެސް ސަރުކާރަކަށް ހާސިލް ކުރެވިފައި ނުވާ ކަމަށާއި މި ކާމިޔާބީ ފާހަގަ ކުރައްވާ އިރު ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކާއި އިހްސާސްތައް ހުރިކަން ފާހަގަ ކުރެއްވިފައި ވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް