Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާދަމާ ވެކްސިން ސެންޓަރުތައް ބަންދު

މާދަމާ ވެކްސިން ސެންޓަރުތައް ބަންދު

ކޮވިޑް-19 އިން ދިފާޢުވުމަށް ވެކްސިންދޭ ސެންްޓަރުތައް މާދަމާ ބަންދު ވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅައިފިއެވެ.

މާދަމާއަކީ މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައިވާތީ، އެޗްޕީއޭއިން ވަނީ ރޯދަ މަހު ވެކްސިން ޖަަހައިދޭނެ ގަޑިތަކާއި ސެންޓަރުތައް އިއުލާނު ކޮށްފައެވެ. އެއާއެކު އެޗްޕީއޭއިން ބުނީ މާދަމާ ވެކްސިން ސެންޓަރުތައް ބަންދުވާނެ ކަމަށެވެ.

އެޗްޕީއޭއިން ކުރި ބުނީ މި އަހަރުގެ ރަމަޟާންމަހު ހުރިހާ ވެކްސިނެއް ވެސް ޖަހައިދޭނީ ހަމައެކަނި ރޭގަނޑު 9:00 އިން 11:00ގައި ކަމަށެވެ.

Advertisement
Allied Insurance — Square (box)

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނެ ސެންޓަރުތައް:

▪︎ ސޯޝަލް ސެންޓަރ
▪︎ ނޭޝަނަލް އާޓް ގެލެރީ
▪︎ ރައްޔިތުންގެ މަޖިލިސް
▪︎ ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ (ހުޅުމާލެ ފްލޫ ކްލިނިކް)
▪︎ ވިލިމާލެ ޒުވާނުންގެ މަރުކަޒު
▪︎ ސެނަހިޔާ

ސިނޮފާމް ވެކްސިން ޖަހައިދޭ ސެންޓަރު:

▪︎ ޓްރީޓޮޕް ހޮސްޕިޓަލު

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް