ލައިފްސްޓައިލް

ޑައިޓީޝަން އާސިޔާ ކިޔައިދިނީ ރޯދަ މަހު ކެއުން ބުއިން ބައްޓަން ކުރާނެ ގޮތް!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރޯދަ މަސް އެހެނިހެން މަސް މަހާ ތަފާތުވާ މައިގަނޑު އެއް ސަބަބަކީ ކެއުން ބުއިމަށް އަންނަ ބަދަލުތަކެވެ. މި ބަދަލުތަކާއެކު ބައެއް ފަހަރު އަހަރެމެންނަށް ކޮށްލެވޭ ކުދި ކުދި ކަންކަމުގެ ސަބަބުން ސިއްހަތަށް ނޭދެވޭ އަސަރު ކުރާތަން ވެސް ފެނެއެވެ. އެ ގޮތުން ރޯދަ މަހު އާންމުކޮށް އެންމެ ގިނަ ބަޔަކު ތަހައްމަލު ކުރާ އެއް ވޭނަކީ ގޭސްޓްރިކް ނުވަތަ ބަނޑުގައި ވައިހެދުމުގެ ސަބަބުން ކުރިމަތިވާ ވޭނެވެ. ނަމަވެސް ރޯދަ މަހު ކެއުން ބުއިން ބައްޓަން ކުރާ ގޮތުން ވައި ހެދުމަކީ ވެސް ކޮންޓްރޯލް ކޮށް އޭގެ އަސަރު ކުޑަކޮށްލެވިދާނެ އެއްޗެކެވެ.

Ads by MWSC

ރާއްޖޭގެ މަޝްހޫރު ޑައިޓީޝަން އާސިޔާ މިވަނީ ރޯދަ މަހު ކެއުން ބުއިން ބައްޓަން ކުރަންވީ ގޮތް އަހަރެމެންނަށް ކިޔައިދީފައެވެ.

ރޯދައަށް ހުރުމަށް އެންމެ މުހިންމު އެއް ކެއުމަކީ ހާރެވެ. ޑައިޓީޝަން އާސީ ކިޔައިދިން ގޮތުގައި ހާރުކާން އެންމެ ރަނގަޅު ވަގުތަކީ ފަތިސް ނަމާދާ ވީހާ ވެސް ކައިިރި ކޮށްފައެވެ. އަދި ހަކުރު ބަލި ހުންނަ މީހުން މިކަމަށް އިތުރަށް ސަމާލުކަން ދޭން ޖެހޭނެ ކަން އާސީ ފާހަގަ ކުރެއްވިއެވެ.

ހާރުކާން އެންމެ ރަނގަޅު ބާވަތްތަކަކީ ގޮވާމުގެ ބާވަތްތަކާއި ފަލަމަޑީގެ ބާވަތްތައް ( ބަތް، ބަތްޕެން، ރޮށި، އޯޓްސް، މޫސްލޭ، ކޯންފްލެކްސް، ޕާން)، ބިހާއި މަހުގެ ބާވަތްތަކާއި އެއްގަމު މަސް އަދި މުގުގެ ބާވަތްތަކެވެ. މީގެ އިތުރުން ކެއުމުގައި ކިރު ތަށްޓެއް ނުވަތަ ތަރުކާރީއެއް ނުވަތަ މޭވާއެއް ހިމަނާލުމަކީ ވެސް މުހިންމުކަމެކެވެ.

ރޯދަ ވީއްލާ ގަޑިއަކީ ވަރަށް ބަނޑުހައި ވެފައި ހުންނަ ގަޑިއެއްކަމުން އެގަޑީގައި ގަދައަށް ކާލަން ކޮންމެ މީހަކު ވެސް ބޭނުންވެއެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ އެއީ އެއް ނޫނެވެ. އެންމެ ރަނގަޅު ގޮތަކީ ފެން ތަށްޓަކުން ރޯދަ ވީއްލުމަށްފަހު 15 މިނެޓު ވަރަކަށް ފަހުން މައިގަނޑު ކެއިން ކާން ފެށުމެވެ. ރޯދަ ވީއްލުމުގައި ވެސް ބޭނުން ކުރުން އެންމެ ރަނގަޅީ ހާރަށް ބޭނުން ކުރަން ރަނގަޅު ކާނާގެ ވައްތަރުތަކެވެ.

ތަރާވީސް ދަމަށް ކާން އެންމެ ރަނގަޅު ވަގުތަކީ 10 އަކާ 12 އާ ދޭތެރޭގައެވެ. މިގަޑީގައި ސަމާލުކަން ދޭން ޖެހޭ ކަމަކީ ވީހާވެސް ލުއިކޮށް ކެއުމަށެވެ. އެގޮތުން ސޭންޑްވިޗެއްގެ އެއްބަޔާއި މޭވާއެއް ނުވަތަ 2 ރޮށި ލައިގެން ކާ ކޮންމެ އެއްޗެއް ނުވަތަ ތަރުކާރީއެއް ކެވިދާނެއެވެ. ނޫންނަމަ ފިހުނު ދެ ހެދިކާއާއެކު މޭވާ އާއި ކިރު ތަށްޓެއް ވެސް ބޮވިދާނެއެވެ.

Ads by HDC
  1. ިއަހުމަދު

    އެއްތަން ކޮޅު ރަނގަޅު ކޮޮއްލަން އެބަޖެހޭ.އެއީ”އެންމެ ރަނގަޅު ގޮތަކީ ފެން ތަށްޓަކުން ރޯދަ ވީއްލުމޭ ނުބުނެ އެންމެ ރަނގަޅު ގޮތަކީ ތިން އޮއް ކަދުރު ނުވަތަ ފެން ތަށްޓަކުން ރޯދަ ވީއްލުން.