Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޒަކާތުގެ ފައިސާ ޖަމާކުރާނީ ފަޤީރުންގެ އެކައުންޓަށް

ޒަކާތުގެ ފައިސާ ޖަމާކުރާނީ ފަޤީރުންގެ އެކައުންޓަށް

މިއަހަރުގެ ޒަކާތުގެ ފައިސާ ޖަމާކުރާނީ ފަގީރުންގެ އެކައުންޓަށް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ “ޕީއެސްއެމް” އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މިއަހަރު ވެސް ފިޠުރު ޒަކާތް ދެއްކުމަށްޓަކައި ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށާއި އެގޮތުން އޫރިދޫއާއި ދިރާގާއި ބޭންކް އޮފް މޯލްޑިވްސްގެ އިތުރަށް އިސްލާމިކް ބޭންކް މެދުވެރިކޮށް މިފަހަރު ވެސް ޒަކާތް ދައްކާލެވޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީއަށް ގޮސް ޒަކާތް ދެއްކޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާއިރު، ގޮވާމުން ޒަކާތް ދައްކަން ބޭނުން ވާ ފަރާތްތްކަށް ރޯދަ މަހުގެ ފަހު ދިހައިގައި އެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފައެވެ.

Advertisement
HDC — Sidebar (box)

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ފަހަރު ފަގީރުންގެ އެކައުންޓަށް ޒަކާތް ޖަމާވާނެ އިންތިޒާމު ހަމަޖައްސައިފައިވާ ކަމަށެވެ. އަދި ފައިސާ ދައްކާއިރު އޮންލައިން ކޮށް ދެއްކެވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

" މިހާލަތުގައި ނަގުދު ފައިސާ ޒަކާތުގެ ގޮތުގައި ދެއްކުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ އޮންލައިންކޮށް ފައިސާ ދެއްކުން މި ފަހަރު ވެސް ފަޤީރުންގެ ލިސްޓުގައި ތިބި ފަރާތްތަކަށް ޒަކާތުގެ ފައިސާ އެ މީހުންގެ އެކައުންޓަށް ޖަމާކުރާނެ." އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު އަންނަނީ ފަޤީރުންގެ ލިސްޓް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް