ލައިފްސްޓައިލް

ރޯދަ މަހު މީރު ކާއެއްޗެހީގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކުރުން، ހުއްޓާލަންވީ އާދައެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ސޯޝަލް މީޑިއާގައި ތަފާތު އެކި ކަހަލަ ފޮޓޯތަކާއި ޕޯސްޓުތައް ހިއްސާ ކުރުމަކީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ އާދައެކެވެ. އަދި ޚާއްސަކޮށް އެ ބޭފުޅެއްގެ ދިރިއުޅުން ބިނާވެފައިވާ ގޮތާ ގުޅިފައިވާ އެކި ކަހަލަ ލިޔުންކޮޅު ހިމެނޭ އެކި ކަހަލަ ޕޯސްޓު ހިއްސާ ކުރުމަކި ނުހަނު ފޯރީގައި ކުރަމުން އަންނަ ކަމެކެވެ.

Ads by MWSC

އިސްވެ ދިޔަ ގޮތަށް އެކަހަލަ ޕޯސްޓުތައް ހިއްސާ ކުރުމަކީ އެމީހެއްގެ އަމިއްލަ ކަމެކެވެ. އެމީހަކަށް އެކަން ރަނގަޅިއްޔާ ކުރަންވީއެވެ. އެހެން ނަމަވެސް ދަންނަވަން މިއުޅޭ ވާހަކައަކީ ރަމަޟާން މަހުގެ ރޯދައަށް ހުރެ ގަސްތުގައި އެކަކު އަނެކަކަށް ފޮނުވާ ފޮޓޯތަކެވެ. މީރު ކާއެއްޗެހީގެ ފޮޓޯއެވެ. ނުވަތަ މީރުކޮށް މީހަކު ކައިކައި އިންނަ މަންޒަރުގެ ވީޑިއޯ ކޮޅެކެވެ.

ބަލަން ބޭނުން ނުވި ނަމަވެސް މުޅި ފޭސްބުކުން ވެސް ފެންނަނީ އެފަދަ ވީޑިއޯތަކާ އެފަދަ ޕޯސްޓުތަކެވެ. އެފަދަ ކަންކަމަކީ ކޮންމެ މީހަކު ކޮންމެ ގޮތަކަށް ކުރި ކަމުގައި ވީނަމަވެސް ރަނގަޅު ކަމެއް ނޫނެވެ.

ބައެއް މީހުންނަށް މި ކުރެވެނީ ވަރަށް މަޖާ ކަމެކޭ ހިތަށް އަރާފާނެއެވެ. އެކަމެއް ކުރާ ބަޔަކަށް މިއީ ވަރަށް މަޖާ ކަމަކަށް ވެދާނެއެވެ. އެހެން ނަމަވެސް އަނެކާ ރޯދަ ވީއްލުމަށް ހަމައެކަނި ފެންތައްޓެއްގެ އިތުރުން ދެން އިތުރު ކާ އެއްޗެއް ލިބޭނެ ކަމެއް ނުވަތަ ނޫން ކަމެއް އެނގޭނީ ފަހެ ކިހިނެއް ހެއްޔެވެ؟ ބޭރު ފުށުން ބަލާ ބެލުމުން އަނެކާގެ ޙާލތު ނޭނގޭނެއެވެ. އެހެންކަމުން މިފަދަ މާތް މައްސަރެއްގައި އެކަކު އަނެކަކަށް ވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދީ، ހެޔޮ ޢަމަލު ކުރުން ގިނަ ކުރަމާތޯއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!