Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހިތަދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފި

ހިތަދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފި

އައްޑޫ ސިޓީ ހިތަދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

އެ ސަރަޙައްދުގައި ހުރި މީހަކު އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ބީރު މީހަކު މީހެއްގެ އަރިކައްޓަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

ހަމަލާދިންތާ ގިނައިރު ތަކެއް ނުވަނީށް ފުލުހުން އެ ސަރަޙައްދަށް ދިޔަ ކަމަށް މައުލޫމާތު ދިން މީހާ ބުނެފައި ވެއެވެ.

ހަމަލާ ދިން މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، ޒަޚަމްވި މީހާ ގޮވައިގެން ފުލުހުން ހޮސްޕިޓަލަށް ދިޔަ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް