ޚަބަރު

"ރައީސް ޔާމީން ރޭ މާލެ ގެނައީ އާއިލާއާ ވަކީލުންނަށް ވެސް ނާންގައި"

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮވިޑް-19އަށް ވެކްސިން ޖެއްސެވުމަށް ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ރޭގެ ވަގުތެއްގައި މާލެ ގެނެވުނީ، އެމަނިކުފާނުގެ އެއްވެސް އާއިލާ ބޭފުޅަކަަށް ވެސް އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލުންނަށް ވެސް ނާންގާ ކަމަށާއި، އެގޮތަށް އެކަން ކުރުމުގެ ސަބަބުން ސުވާލުތަކެއް އުފެދޭ ކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރެއް ވިދާޅުވި ގޮތުގައި، ރޭގެ ވަގުތެއްގައި ރައީސް ޔާމީން ބޭނުންފުޅު ވެގެން ކޮވިޑް-19 ގެ ވެކްސިން ޖެއްސެވުމަށް މާލެ ގެނެވުނު ކަމަށާއި، އެހެން ނަމަވެސް މާލެ ގެނެވުނު ފަހުން އެ މަނިކުފާނު ވެކްސިން ޖެއްސުމަށް އޮތް ޚިޔާލު ބަދަލު ކުރެއްވުމުން އަނބުރާ މާފުއްޓަށް ދިއުމަށް ބޭނުންފުޅުވުމުން އަނބުރާ ގެންދެވީ ކަމަށެވެ.

މިކަމާ ގުޅިގެން ރައީސް ޔާމީންގެ އިސް ވަކީލު، ޖަމީލް ވިދާޅުވީ ރައީސް ޔާމީނާ ހަމައިން ސަރުކާރުން އަމަލު ކުރަނީ ލާއިންސާނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި މިފަދަ މާތް މައްސަރެއްގައި އެތައް އިރެއް ވަންދެން ރައީސް ޔާމީން ކަނޑުމަތީގައި ގެންގުޅުއްވާ ކަންތައްކުރި އިހާނެތި ގޮތް ކުށްވެރިކޮށް ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖަމީލު ވަނީ ގޮވައިލައްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!