Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ވޭތުވެދިޔަ ފަސް އަހަރު އަގު ނުކުރެވޭ އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިވޭ: ސައީދު

ވޭތުވެދިޔަ ފަސް އަހަރު އަގު ނުކުރެވޭ އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިވޭ: ސައީދު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ ފަސް އަހަރުގައި، އަގު ނުކުރެވޭނެ އެތައް ޚިދުމަތްތަކެއް އެމަނިކުފާނު މި ޤައުމަށް ކޮށްދެއްވާފައިވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނާއި ހަމައިން މި ސަރުކާރުން ޢަމަލު ކުރަނީ ލާއިންސާނީ އަދި ޤާނޫނާ ޚިލާފަށް ކަމަށް ބުނެ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަހުމަދު ކުރައްވާފައިވާ ޓްވީޓެއް، ރީޓްވީޓް ކުރައްވަމުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ކަމުގައި ވެސް ހުންނެވި ސައީދު ވިދާޅުވީ، ރައީސް ޔާމީންގެ ކާމިޔާބު ފަސް އަހަރު އެމަނިކުފާނު ވަނީ މި ޤައުމަށް އަގު ނުކުރެވޭ އެތައް އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައި ކަމަށެވެ.

"އެމަނިކުފާނާއި ޢާއިލާއަށް އިޙްތިރާމް ކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ލިބޭނެ ނިކަމެތި ކަމެއް ނޫން. ހިތްތިރިކޮށް، އޯގާތެރިކަން އިސްކުރުމަކީ މާތް ސިފައެއް" ސައީދު ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/em_saeed/status/1382746483393372162?s=20

ކޮވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޖައްސަވަން ކަމަށް ބުނެ ރައީސް ޔާމީން ރޭގެ ވަގުތެއްގައި މާލެ ގެންނެވި ކަމަށާއި އެހެންނަމަވެސް ވެކްސިން ޖައްސަވަން އެމަނިކުފާނު ދެކޮޅު ހެއްދެވިކަމަށް ކަރެކްޝަނުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ރޭގެ ވަގުތެއްގައި އެމަނިކުފާނު އަނބުރާ މާފުށީ ޖަލަށް ގެންދެވި ކަމަށް ވެސް ވިދާޅުވިއެވެ.

ކަރެކްޝަންސްގެ މި ވާހަކަތައް ރައީސް ޔާމީންގެ ވަކީލުން ވަނީ ދޮގު ކުރައްވައިފައެވެ. އެގޮތުން އެމަނިކުފާނު ރޭ މާލެ ގެންނެވީ ވަކީލުންނަށާއި އާއިލާއަށް ވެސް ނާންގައި ކަމަށް ވެސް ވަކީލުން ވިދާޅުވެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް