Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދީން

ކޮންމެ ދުވަހަކު ޤުރްއާން ކިޔެވުމުގެ އާދަ ގެންގުޅޭ މީހަކަށް ލިބޭ މަތިވެރި ސަވާބެއް!

ކޮންމެ ދުވަހަކު ޤުރްއާން ކިޔެވުމުގެ އާދަ ގެންގުޅޭ މީހަކަށް ލިބޭ މަތިވެރި ސަވާބެއް!

ކީރިތި ޤުރްއާން ކިޔެވުމަކީ ނުހަނު މަތިވެރި ސަވާބާއި ދަރުމަ ލިބިގެންވާ އަޅުކަމެއްކަން އަޅުގަނޑުމެން މުސްލިމުންނަށް އެނގެއެވެ.

ކޮންމެ ދުވަހަކު ކީރިތި ޤުރްއާން، އޭގެ މާނައާއެކު ކިޔަވާ ފަރާތްތަކަށް ﷲ ތަޢާލާ ދެއްވަވާ މަތިވެރި ސަވާބެއްގެ ވާހަކަ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވަނީ ވިދާޅުވެދެއްވާފައެވެ.

"ކޮންމެ ދުވަހަކު ކީރިތި ޤުރްއާންގެ އެއް ޞަފްޙާ، މާނައާއެކު ކިޔެވުމުގެ އާދަ ގެންގުޅޭ މީހަކަށް މާތް ﷲ ދެއްވަވާ މަތިވެރި ސަވާބެއްވެއެވެ.

Advertisement
Allied Insurance — Square (box)

އާދަކޮށް ކޮންމެ ދުވަހަކު ވެސް ޤުރްއާން ކިޔަވާ މީހަކު، ހަނދާން ނެތިގެން ނުވަތަ އެދެވިގެންވާ އުޒުރަކާއެކު އެއް ދުވަހު ޤުރްއާން ނުކިޔެވިއްޖެނަމަ ވެސް، މާތް ﷲ އެ މީހަކަށް އެ ދުވަހެއްގެ ސަވާބު (ޤުރްއާން ފޮތުގެ އެއް ޞަފްޙާ އޭގެ މާނައާއެކު ކިޔެވި ކަމުގެ ސަވާބު) ދެއްވަވާނެއެވެ. އެއީ ކީރިތި ޤުރްއާން ކިޔެވުމަކީ އެ މީހެއްގެ ޠަބީއަތުގައި ހަރުލާފައިވާ ކަމަކަށް ވާތީއެވެ.

ހަމައެކަނި ކީރިތި ޤުރްއާން ކިޔެވުން އެކަންޏެއް ނޫނެވެ. ރަނގަޅު އާދަކާދައެއް ގެންގުޅެން އާދަކޮށްފައިވާ މީހަކަށް އެންމެ ދުވަހަކު ވެސް އެކަމެއް (ހަނދާން ނެތިގެން ނުވަތަ އުޒުރަކާއެކު ވިޔަސް) ނުކުރެވިއްޖެނަމަ، ﷲ ތަޢާލާ އެދުވަހަކު ވެސް އޭގެ ސަވާބާއި ދަރުމަ ދެއްވަވާނެއެވެ. ރަނގަޅު އާދަކާދަ ގެންގުޅުމުގެ މުހިންމުކަމަކީ ވެސް މިއީއެވެ."

https://youtu.be/l8_S694tJ-4

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް