ރިސޯޓުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަރަންޓީނު ވުމަކާ ނުލައި ރަށްރަށަށް ދަތުރު ކުރެވޭނެ
ރިސޯޓުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ކަރަންޓީނު ވުމަކާ ނުލައި ރަށްރަށަށް ދަތުރު ކުރެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒަށް ފަހު ދެ ހަފްތާ ވުމުން މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ވެސް ހޯމަ ކަރަންޓީނަކާ ނުލައި ދެވޭނެ ކަމަށެވެ.
އެޗްޕީއޭއިން ރޭ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އާބާދީގެ 60 އިންސައްތަ ހަމަވެފައިވާ ރަށްރަށް، ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައިވާ މީހުންނަށް، ވެކްސިން ޖެހިތާ ދެ ހަފްތާ ނުވަނީސް ދަތުރު ކުރެވޭނެ ކަމަށެވެ.
އަދި އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް -19 ގެ ވެކްސިން ޑޯޒްތައް ހަމަވެފައި ނުވާ ރަށްރަށަށް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް، ހަފުތާ ވެފައިވާ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުޅުވައިލަން ވަނީ ނިންމާފައެވެ. މިކަމުގައި ވަކި އުސޫލަކަށް އަމަލުކުރަން އެޗްޕީއޭއިން ވަނީ ނިންމާފައެވެ.
އެގޮތުން ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރު ކުރުމަށް ހުއްދަ ދިނުމުގައި ބަލީގެ ނިސްބަތް 5 އިންސައްތަ އަށް ވުރެ މަތި ރަށަކުން އެހެން ރަށަކަށް ދަތުރު ކުރާނަމަ ޕީސީއާރު ނައްސި ޓެސްޓެއް ބޭނުން ވާނެއެވެ.
އެޗްޕީއޭގެ އުސޫލުގައި ވާ ގޮތުން ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދީން ވެސް ވެކްސިން ޖަހާފައިވާ ފަރާތްތަކާއެކު ދަތުރު ކުރާނަމަ ޕީސީއާރު ނައްސި ނަތީޖާއެއް ބޭނުންވާނެއެވެ.
މީގެ އިތުރުން ބޭރުން އަންނަ ފަރާތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، ރާއްޖެއަށް ދަތުރުކުރާ އެހެން ފަރާތްތަކުން ނައްސި ޕީ.ސީ.އާރު ޓެސްޓް އޮންނާކަށް ނުޖެހެއެވެ. އަދި އެ ފަރާތްތަކުން ކަރަންޓީނު ވާން ވެސް ނުޖެހޭ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
1 .ޞިއްޙީ ޚިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތައް.
2 .ޑޭކެއަރ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތައް.
3 .ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތައް.
4 .ރެސިޑެންޝަލް ކެއަރގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތައް.
މި ދެންނެވި ފަރާތްތައް ރާއްޖެއަށް އެތެރެއަށްވާއިރު ނެގެޓިވް ޕީ.ސީ.އާރު ނަތީޖާ އޮންނަން ޖެހެއެވެ. ނުވަތަ ރާއްޖެ އެތެރެވުމަށްފަހު ޕީ.ސީ.އާރު ޓެސްޓް ވެސް ހަދަން ޖެހެއެވެ.
މި އުސޫލަށް އަމަލުކުރަން ފަށާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.
ވެކްސިން ޖެހިތާ ދެ ހަފްތާ ނުވަނީސް ދަތުރު ކުރެވޭނެ ކަމަށެވެ، މިވީ ކިހިނެތް