Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އިންޑިއާއިން މެދުކެނޑުމެއް ނެތި ފޯރުކޮށްދެނީ

ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އިންޑިއާއިން މެދުކެނޑުމެއް ނެތި ފޯރުކޮށްދެނީ

ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އަވަށްޓެރި އިންޑިއާއިން މެދު ކެނޑުމެއް ނެތި ފޯރުކޮށްދެމުން ދާނެ ކަަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ޑރ. ޖައިޝަންކަރުއާ ބައްދަލު ކުރައްވައިފައެވެ. ނިއުދިއްލީގައި އިއްޔެ އޮތް މި ބައްދަލުވުމުގައި ، ޕެންޑެމިކްގެ ތެރޭގައި އިންޑިއާއިން ދިވެހި ރައްޔިތުންނަށް ވެދެއްވި އެހީތެރި ކަމަށްޓަކައި އެ ޤައުމުގެ ސަރުކާރަށް ޝާހިދު ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.

ބައިނަލްއަގުވާމީ މުޖްތަމައުގައި ގުޅިގެން މަސައްކަތްކުރުމާއި، ރާއްޖޭގައި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްދާ މަޝްރޫއުތަކާ ބެހޭ ގޮތުން ވެސް މިނިސްޓަރ ޝާހިދާ ޑރ. ޖައިޝަންކަރު ، މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވިއެވެ.

Advertisement
Ooredoo — Truecaller (box)

މި ބައްދަލުވުމަށް ފަހު މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ބައިނަލްއަޤްވާމީ މުޖްތަމައުގައި ގުޅިގެން މަސައްކަތްކުރުމާއި، ރާއްޖޭގައި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްދާ މަޝްރޫޢުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

https://twitter.com/abdulla_shahid/status/1383015242557378561?s=20

އަދި މި ބައްދަލުވުމަށް ފަހު ޑރ. ޖައިޝަންކަރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރާއްޖެއާއެކު ބައިނަލްއަޤްވާމީ މަސްރަހުގައި އިންޑިއާއިން މަސައްކަތް ކުރާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް