ޚަބަރު

ޒާހިރު ޙުސެއިންގެ އަނބިކަނބަލުން ނާއިލާ އަވަހާރަވީ ކޮވިޑް ޖެހިގެން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުޙައްމަދު ޒާހިރު ޙުސެއިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވީ ކޮވިޑް-19 ޖެހިގެންކަން ކަށަވަރު ވެއްޖެއެވެ.

Ads by MWSC

ނާއިލާ އަވަހާރަވީ މިއަދު ހެނދުނު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. އަވަހާރަވީއިރު އެކަަމަނާގެ އުމުރުފުޅަކީ 72 އަހަރެވެ.

"ހަވީރު" ނޫހުގެ ޗެއާމަން ޒާހިރު ހުސެއިންގެ އަނބިކަނބަލުން އަވަހާރަވުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ އާއިލާ އަށް ތައުޒިޔާ ފޮނުވަމުންނެވެ.

ހެޔޮ ދުޢާއާއި ތައުޒިޔާ ފޮނުއްވި ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ފާތުމަތު ފަޒްނާ އަހުމަދާއި މާލެ ސިޓީގެ އިންތިހާބީ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހިމެނެއެވެ.

ނާއިލާ ވަނީ 25 ވަރަކަށް އަހަރު ވަންދެން އަމީނިއްޔާ ސްކޫލުގައި ކިޔަވައިދެއްވައިފައެވެ. އެހެންކަމުން އެކަމަނާ މަޝްހޫރު ވެފައި ވަނީ ނާއިލާ މިސްގެ ނަމުންނެވެ.

ސްރީލަންކާއާއި ނިއުޒީލޭންޑުން ތައުލީމު ހާސިލް ކުރެއްވި ނާއިލާއަކީ ކެއްކުމުގެ ދާއިރާގައި ވެސް މަޝްހޫރު ބޭކަނބަލެކެވެ. އެގޮތުން އެކަމަނާ ލިޔުއްވި ރެސިޕީ ފޮތް "ޒީނާރު" ވަނީ ދިވެހީންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދައިފައެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by Allied Insurance
  1. ޔޯޔޯ

    އަޖަލް ހަމަވެގެން ފުރަނަގޮސްގެން ނިޔާވީ