Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އާފަލު ޖޫސް: ރަހަ މީރު އަދި ސަރުބީ ވިރުވާލުމަށް ވެސް އެހާމެ ސަޅި!

އާފަލު ޖޫސް: ރަހަ މީރު އަދި ސަރުބީ ވިރުވާލުމަށް ވެސް އެހާމެ ސަޅި!
އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ކެއުމުގައި ހިމެނޭ ކާނާގެ ބާވަތްތަކަށް މާބޮޑު ސަމާލުކަމެއް ނުދިނުމުގެ ސަބަބުން ގިނަ ދުވަހުން ނަމަވެސް ހަށިގަނޑުގައި ސަރުބީ ޖަހައި ހެލިފެލިވެ އުޅުމަށް އުނދަގޫވެފައިވާ މީހުންނެވެ. ނަމަވެސް އެފަދަ މީހުންނަށް އެކަން އިޙްސާސްވެ އެކަމަށް ފަރުވާއެއް ހޯދަން ބަލާއިރު އޮންނަނީ އަތްފޯރާ ފަށަށްވުރެ މާމައްޗަށް އެކަން ގޮސްފައެވެ. ފަރުވާއެއް ހޯދޭ ވަރަށް ވުރެ މާ ލަސްވެފައެވެ. އެހެންވުމުގެ ސަބަބުން ހިކެން މަސައްކަތް ކުރި ނަމަވެސް އެކަމުން މާބޮޑު ކުރިއެރުމެއް ނުލިބެއެވެ. އަދި ހިކެން މަސައްކަތް ކުރުމުގައި ފަސްޖެހުމުގެ އިތުރުން ކެއުން މަދުކުރުމުގެ ޚިޔާލު ވެސް ނެތިގޮސް ހަށިގަނޑަށް ވާނެގޮތެއް ވާން ދޫކޮށްލައެވެ. ކުރަމުން އައި މަސައްކަތަށް ހުއްޓުން ގެނެސް ވާނެ ގޮތެއް ވާން އަމިއްލަ ހަށިގަނޑު ދޫކޮށްލަނީއެވެ. އެފަދަ ފަރާތްތަކަށް ފަސޭހަ ހައްލެއް މިވަނީ ހޯދިފައެވެ. އެގޮތުން އާފަލު ޖޫހަކީ ރަހަ ވެސް އެހާމެ މީރު އަދި ސަރުބީ ވިރުވާލުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއްޗެކެވެ. އެހެނީ އާފަލުގައި ހިމެނޭ ފެނަށް ގިރޭ ފައިބަރު ކަމުގައިވާ “ޕެކްޓިން” އަކީ އެހެން މާއްދާތަކާ ގުޅިގެން، ހަށިގަނޑުގައި ހިމެނޭ ނުރަނގަޅު ސަރުބީގެ މިންވަރު ދަށްކުރާ އެއްޗެކެވެ. އެގޮތުން ޕެކްޓިން ސަރުބީ އާއި ތަތްވެ، ޕެކްޓިން އާއެކު ސަރުބީ ހަށިގަނޑުން ބޭރުކުރެއެވެ. ދުވާލަކު ގަވާޢިދުން 2 ތަށި އާފަލު ޖޫސް ބޯނަމަ، އެމީހެއްގެ ހަށިގަނޑުގެ ސަރުބީގެ މިންވަރު 16 އިންސައްތަ ދަށްވުމުގެ ފުރުޞަތު އެބައޮތެވެ. ފްރާންސްގެ އިންސްޓިޓިއުޓަކުން ދިރާސާއެއް ހެދުމަށްޓަކައި މެދު އުމުރުގެ ޞިއްޙަތު ސަލާމަތުން ހުރި 30 މީހުންނަށް އެއް މަސްވަންދެން ދުވާލަކު 2 ނުވަތަ 3 ތަށި އާފަލު ޖޫސް ބޯން ދެވުނެވެ. މަހެއް ފަހުން އެނގުނު ގޮތުގައި ދިރާސާގައި ބައިވެރިވި މީހުންގެ %80 މީހުންގެ ލޭގެ ކޮލެސްޓްރޯލް ހުރި މިންވަރު ވަނީ ދަށްވެފައެވެ.

އާފަލު ޖޫސް ތައްޔާރު ކުރާނެގޮތް:

އާފަލެއްގެ ތޮށި މަށާލުމަށް ފަހު ކުދިކޮށް ކޮށާލާށެވެ. ފޮނި ރަހަލާވަރަށް ހަކުރުކޮޅެއް އެޅުމަށްފަހު ބިއްލޫރި ތައްޓެއްހާ ފެން އަޅާ މިކްސްސަރުން ގިރާލާށެވެ. ދެން ފުރާނާލާށެވެ. ފެހި އާފަލު ވެސް އަދި ރަތް އާފަލު ވެސް ހަމަ ފުދޭނެއެވެ. ކޮންމެ ރެއަކާ ދުވާލުން ދެ ތަށި ބޯނަމަ ނަތީޖާ ފެންނާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް