Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރާއްޖެ އެތެރެ ކުރަން އުޅުނު ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ރާއްޖެ އެތެރެ ކުރަން އުޅުނު ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ކުރިއާ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 4.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކުރިއާ މަގުން އެތެރެ ކުރަން އުޅުނު ޕާރުސަލްތަކެއް ބަލައި ފާސް ކުރުމުގެ ތެރޭގައި، އަތުލައިގަނެވުނު މި މަސްތުވާ ތަކެއްޗަކީ، ޖަމައިކާ އާއި ނައިޖީރިއާ އިން އެތެރެ ކޮށްފައިވާ ކޮކެއިން ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

އެ ގޮތުން ނައިޖީރިއާ އިން އެތެރެކުރި ކޮކެއިންގައި 1.32 ކިލޯގްރާމް ހުރި އިރު، ޖަމައިކާއިން އެތެރެކޮށްފައި ވަނީ 547 ގްރާމް ކޮކެއިންއެވެ. މިއަދު އަތުލައިގަނެވުނު މި މަސްތުވާ ތަކެތީގައި ޖުމުލަ 4.7 މިލިއަން ރުފިޔާގެ އަގު ހުންނާނެ ކަމަށާއި، އެތަކެތި މިހާރު ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށް ވެސް މޯލްޑިވްސް ކަސްޓަމްސްއިން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް