ބޮލީވުޑް

ދިޝާ ރާއްޖެ އައީ 1.5 ލައްކަ ރުޕީސްގެ ދަބަހެއް ހިފައިގެން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދިޝާ ޕަޓާނީއަކީ ބޮލީވުޑްގެ އެތައް ފަންނާނުންގެ ފަދައިން މިހާރު ރާއްޖެއަށް ހިތް ޖެހިފައިވާ ފަންނާނެކެވެ. ލޯބިވެރިޔާ ޓައިގާ ޝްރޮފްއާ އެކު އޭނާ ރާއްޖެއަށް ކައިރި ކައިރީގައި ކުރާ ދަތުރުތައް ދަނީ މިހާރު ގިނަ ވަމުންނެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހު ވެސް މި ދެތަރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.  އޭގެ ފަހުން އަނެއްކާ ވެސް ދެ ތަރިން މިވަނީ އެކުގައި ރާއްޖެ އައިސްފައެވެ.

Ads by Hajj Corporation

އިންޑިއާ 15 ދުވަހުގެ ލޮކްޑައުނަކަށް ދާން ތައްޔާރުވެފައިވާއިރު، ދިޝާއާއި ޓައިގާ ރާއްޖެ އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނަނީ މިއަދު ހެނދުނު ކަމަށެވެ.

ދިޝާއާ ޓައިގާ އެކުގައި އެއާޕޯޓު ތެރެއިން މިއަދު ފެނިފައިވާ ކަމަށް ބޮލީވުޑްގެ ރިޕޯޓްތައް ބުނެއެވެ. އެ ރިޕޯޓްތައް ބުނާ ގޮތުގައި ގިނަ ބައެއްގެ ލޮލުގައި އެންމެ އަޅައިގަތީ ދިޝާ އަޅުވާފައިވާ އަތް ދަބަހެވެ. ލޫއީ ވިޓަން ބްރޭންޑުގެ ކުޑަ ދަބަހުގެ އަގު 2,130 އެމެރިކާ ޑޮލަރަށް އަރައެވެ.

އަގުބޮޑު ދަބަހެއް އަޅުވައިގެން ހުރި ނަމަވެސް ދިޝާ ފެނިގެން ދިޔައީ ވަރަށް އާދައިގެ ގޮތަކަށް ހެދުން އަޅައިފައި ހުރިތަނެވެ. އެގޮތުން މޯމް ޖީންސްއަކާއި ޖެކެޓެއް ލާފައިހުރިއިރު އަރާފައި ހުރީ ސްނީކާސްއަށެވެ.

އިންޑިއާގެ ކޮވިޑް-19 ހާލަތު ގޯސްވެ ބައެއް ހިސާބުތަކުގެ ހާލަތު ގޯސްވަމުން އަންނައިރު، ބޮލީވުޑުގެ ގިނަ ތަރިން ވަނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރަން މިސްރާބު ޖަހައިފައެވެ. އެގޮތުން އަމްރީތާ ސިންގް ވަނީ އަންހެން ދަރިފުޅު ސާރާއާއެކު ރާއްޖެ އައިސްފައެވެ. އަދި ރާއްޖެއަށް ކުރި ދެ ދަތުރެއް ނިންމާލުމަށް ފަހު ޝްރައްދާ ކަޕޫރު ވެސް ވަނީ އެނބުރި އިންޑިއާ ގޮސްފައެވެ.

Ads by HDC
  1. އަނދިރި ދައުލަތް

    މިގޭ މީހުން ޑަސްބިން އަޅަނީވެސް ތީގެ ދަބަހަކަށް

  2. ނާށިގަނޑު.

    އަހަރެން ދުފާފަ ރަތްކުޅުޖަހަންވެސް ބޭނުންކުރަނީ ތީގެދަބަހެއް. އަދި ގުޑުގުޑާ ނޮޅީސިލުބުގެ އަޅިއަޅަނީވެސް ހަމަ ތީގެދަބަހަކަށް… ގުދޯގުދޯ!!