ޚަބަރު

އިބްރާގެ އާދޭސް:ރައީސް ނަޝީދުގެ އަތުން ފޯނު އަތުލާ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރާއްޖޭގެ ބޮޑު ވަޒީރަކަށް ވެ ވަޑައިގަތުމަށް ރައީސް ނަޝީދު ކުރައްވަވާ އުއްމީދާ ގުޅިގެން އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް (އިބްރާ) ރައީސް ނަޝީދަށް ފާޑު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރާއްޖޭގެ ވެރިކަން ، އަންނަ އަހަރު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ އަރިހުގައި އެދިވަޑައިގެންފައެވެ. އަދި އެކަމުގައި ރައީސްއާ މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ނަޝީދު ހާމަ ކުރައްވައިފައި ވެއެވެ.

މިކަން ހިނގައިފައި ވަނިކޮށް ، ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާ އީވާ ޢަބްދުﷲއަށް އިޝާރާތް ކުރައްވައި އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މިހާރު ދެން އޮނބި އޮންނަ ވަރެއް ނޫން ކަމަށާއި ކޮންމެވެސް ގޮތަކުން އަންނިބޭ އަތުން ފޯން އަތުލަން" އެދޭ ކަމަށެވެ.

ރައީސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އެ މަނިކުފާނު އިއްޔެ ، އެކަން ތަކުރާރު ކުރައްވައިފައި މިވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް މާލެ ސިޓީ ގެއްލުމުގެ އިތުރުން އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިޚާބު ބޯމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!