Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ނަޝީދުގެ ވިސްނުން ހުރީ ރައީސުލްޖުމްހޫރިއްޔާ ވެސް މަޖިލީހުން ނަގާ ވޯޓަކުން ހޮވަން

ނަޝީދުގެ ވިސްނުން ހުރީ ރައީސުލްޖުމްހޫރިއްޔާ ވެސް މަޖިލީހުން ނަގާ ވޯޓަކުން ހޮވަން

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށާއި ރައީސުލް ޖުމްހޫރިއްޔާއަކީ ވެސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ބޭފުޅަކަށް ވާން އެދިވަޑައިގަންނަވާ ކަމަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން އެދިވަޑައިގެންފައި ވަނީ، ރާއްޖޭގެ ވެރިކަން ކުރައްވަން ބޭނުންފުޅުވާ ކަމަށާއި ބޮޑުވަޒީރަކަށް އައްޔަން ކުރެއްވުމަށް ދަންނަވައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އިއްޔެ ކުރެއްވި މެސެޖުގައެވެ.

ރައީސް ޞާލިޙަށް އިއްޔެ ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އެއްފަރާތްވެވަޑައިގެން ނުހުންނަވައި، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށެވެ. އަދި އެކަމުގައި ރައީސްއާ މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ނަޝިދު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި އިތުރަށް ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި ރިޔާސީ އިންތިހާބު 2023 ގައި ނުބޭއްވުމަށް ވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ޖެހިގެން އަންނަ 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާ އިރު ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް އެމަނިކުފާނު ހުށަހަޅުއްވައިފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް