Sunday, 15 November 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު ކޮވިޑަށް ފައްސިވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު ކޮވިޑަށް ފައްސިވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މަންމޯހަން ފައްސިވެފައި ވަނީ މިއަދުއެވެ. އޭނާގެ ބަލި ހާލަތު ހުރި ގޮތުން މިހާރު ވަނީ އިންޑިއާގެ އެއިމްސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

ބޮޑު ވަޒީރު ސިންގަށް އަވަސް ޝިފާއަކަށް އެދި ގިނަ ބަޔަކު ދަނީ ޝުޢޫރު ފާޅު ކުރަމުންނެވެ އެގޮތުން ކޮންގްރެސް ލީޑަރު ރާހުލް ގާންދީއާއި ދިއްލީ ޝީފް މިނިސްޓަރު އަރްވިންދް ކެޖްރީވާލް ހިމެނެއެވެ.

Advertisement
HDC — Sidebar (box)

ބޮޑު ވަޒީރު ސިންގު ޕޮސިޓިވް ވުމުގެ ކުރީން އޭނާ ވަނީ އިންޑިއާއަށް އަރާފައިވާ ކޮވިޑް-19ގެ ދެވަނަ ރާޅު ކޮންޓްރޯލް ކުރާނެ ގޮތުގެ ޕްލޭނެއް ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ފޮނުވާފައެވެ.

ކޮވިޑް-19ގެ ދެވަނަ ރާޅާއެކު މީގެ ކުރިން ނުވާހާ ގިނަ މީހުން އެގައުމުގައި އަންނަނީ ފައްސިވަމުންނެވެ.

އުމުރުން 88 އަހަރުގެ މަންމޯހަން ސިންގް ވަނީ އިންޑިއާގެ ބޮޑުވަޒީރުކަން ދެ ދައުރެއްގެ މަތިން ކުރައްވައިފައެވެ. އެއީ 2004-2014 އަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.