Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ތިނަދޫގައި އުމުރުން 27 ދުވަހުގެ ތުއްތު ކުއްޖަކު ނިޔާވެއްޖެ

ތިނަދޫގައި އުމުރުން 27 ދުވަހުގެ ތުއްތު ކުއްޖަކު ނިޔާވެއްޖެ

ގދ. ތިނަދޫގައި، އުމުރުން 27 ދުވަހުގެ ތުއްތު ކުއްޖަކު ނިޔާވެއްޖެއެވެ.

ތިނަދޫ ޢަބްދުއްސަމަދު ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމަރ ރިލޭޝަންސް ސާލިމް އަލީ "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި އުމުރުން 27 ދުވަހުގެ ތުއްތު ފިރިހެން ކުއްޖަކު އެ ހޮސްޕިޓަލަށް ގެނެވުނު ކަމަށާއި ގެނައިއިރު ވެސް އެ ކުއްޖާ ވަނީ ނިޔާވެފައި ކަމަށެވެ.

"އެ ކުއްޖާ ނިޔާވީ ކިހިނެއް ކަމެއް އަދި ސާފެއް ނުވޭ. މިއަދު ހެނދުނު ހޮސްޕިޓަލަށް ގެނައީ، ގެނައި އިރު ވެސް ކުއްޖާ ވަނީ ނިޔާވެފައި" ސާލިމް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ކުއްޖާ ނިޔާވީ ކިހިނެއްކަން އަދި ޔަގީނެއް ނުވެއެވެ. ނަމަވެސް ނިޔާވީ އެ ކުއްޖާއަށް ގާތުން ދެނިކޮށް ކޮށި އަރައިގެން ކަމަށް ތިނަދޫން ބައެއް މީހުން "ދެން" އަށް މައުލޫމާތު ދީފައިވެއެވެ.

މި ހާދިސާއާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ހޯދޭތޯ މަސައްކަތް ކުރުމުގެ ގޮތުން ތިނަދޫ ކައުންސިލުގެ ރައީސް އަށާއި ނައިބު ރައީސްއަށް ގުޅުމުން، ފޯނު ނިވާފައި ހުރުމުން އިތުރު މައުލޫމާތެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

މާތް ﷲ އެ ތުއްތު ކުއްޖާގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލައްވައި، މިފަދަ ހިތްދަތި ވަގުތެއްގައި އެ ތުއްތު ކުއްޖާގެ މައިންބަފައިންނާއި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް