ދުނިޔެ

ޤައުމުގެ ހިމާޔަތުގައި ހަނގުރާމައިގެ މައިދާނުގައި އުޅުއްވަނިކޮށް ޗާޑްގެ ރައީސް އަވަހާރަކޮށްލައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެފްރިކާގެ ގައުމެއް ކަމަށްވާ ޗާޑްގައި އޭޕްރީލް 11 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ވެރިކަމުގެ ހަވަނަ ދައުރު ކަށަވަރު ކުރެއްވި ރައީސް އިދްރީސް ދެބީ، ހަނގުރާމައިގެ މައިދާނުގައި އުޅުއްވަނިކޮށް އަވަހާރަވެއްޖެއެވެ.

Ads by Sosun Fihaara

ޗާޑްގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިޢުލާން ކޮށްފައި ވަނީ އިއްޔެއެވެ. ރައީސް އިދްރީސް ދެބީ އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ 79.3 އިންސައްތަ ވޯޓު ލިބިވަޑައިގެންނެވިއެވެ. އިންތިޚާބުން ކާމިޔާބު ލިބުނުކަން އެނގުނު ހިސާބުން އޭނާ ނިންމެވީ، ހަތިޔާރު އެޅި ހަނގުރާމަވެރިންނާ ދެކޮޅަށް ޗާޑްގެ އުތުރުގެ ސާހިލް ސަރަހައްދުގައި ހަނގުރާމަ ކުރަމުންދާ ސިފައިންނަށް ޒިޔާރަތް ކުރެއްވުމަށެވެ.

އުމުރުފުޅުން 68 އަހަރުގެ ރައީސް އިދްރީސް ދެބީ އަވަހާރަވީ، ފްރަންޓްލައިންގައި ސިފައިންނަށް ކޮމާންޑް ކުރައްވަން އުޅުއްވަނިކޮށެވެ. އޭނާ ނިޔާވެފައި ވަނީ ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުންދަނިކޮށް ކަމަށް އެޤައުމުގެ މީޑީއާތަކުން ރިޕޯޓް ކުރެއެވެ. ރައީސް އަވަހާރަކޮށްލާފައިވާކަން އެޤައުމުގެ އަސްކަރިއްޔާގެ ތަރުޖަމާނު ވަނީ އެ ގައުމުގެ މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ.

ހަނގުރާމަވެރިންނާ ދެކޮޅަށް ސިފައިން ދެމުންގެންދާ ހަމަލާތަކުގެ ކޮމާންޑަރަކަށް ހުންނެވި ރައީސް އިދްރީސް ދެބީ އަވަހާރަވުމުން، އަސްކަރީ އެންމެ އިސް ކައުންސިލުން މިހާރު ވަނީ ރައީސް އިދްރީސްގެ ދަރިކަލުން، އުމުރުފުޅުން 37 އަހަރުގެ މަހަމަޓް އިދްރީސް ދެބީ ޗާޑްގެ ވެރިކަމަށް އިސްކޮށްފައެވެ. ރައީސް އަވަހާރަވުމާ ގުޅިގެން، ސާހިލްއިން ސަރަހައްދީ އިންތައް ބަންދުކޮށް މިހާރު ވަނީ ކާފިއު ހިންގާފައެވެ. އަދި ސަރުކާރާއި ޕާލަމެންޓް އުވާލައި ޗާޑުގެ ވެރިކަން މިހާރު ވަނީ 18 މަސް ދުވަހަށް މިލިޓަރީ ކައުންސިލްއެއްގެ ދަށަށް ބަދަލު ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!