Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބްރޯޑްކޮމްއަށް ޝިފްލާ އައްޔަން ކުރަން ރުހުން ދީފި

ބްރޯޑްކޮމްއަށް ޝިފްލާ އައްޔަން ކުރަން ރުހުން ދީފި

ބްރޯޑްކާސްޓިންގް ކޮމިޝަން އޮފް މޯލްޑިވްސް (ބްރޯޑްކޮމް)ގެ މެމްބަރު ކަމަށް ޝިފްލާ އިބްރާހިމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ރުހުން ދީފިއެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ޝިފްލާ އައްޔަން ކުރުމަށް މީގެ ކުރިން ވެސް އޭނާގެ ނަން ރައީސުލްޖުމްހޫރިއްޔާގެ ލިސްޓުގެ އެއްވަނަ ނަމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވެއެވެ. އަދި ކޮމެޓީން ވެސް އެންމެ ގިނަ މާކްސް ލިބޭ ނަމެއްގެ ގޮތުގައި ޝިފްލާގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވެއެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފާސްވާ ވަރަށް ވޯޓު ލިބިވަޑައިނުގެން ޝިފްލާގެ ނަން މީގެ ކުރިން ވަނީ ބޭރުކޮށްލައިފައެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ބޭފުޅަކު އައްޔަން ކުރަނީ އެ ކޮމިޝަންގެ މެމްބަރުކަމުގައި ހުންނެވި އައިމިނަތު ސަހާރަތުގެ ދައުރު ހަމަވުމުންނެވެ.

Advertisement
Allied Insurance — Square (box)

ރައީސް ޞާލިޙް ފޮނުއްވި ލިސްޓުގައި އެއްވަނައަށް އޮތީ ފާތިމަތު ޝައުޝަންގެ ނަމެވެ. އަދި ތިން ވަނަ ނަމެއްގެ ގޮތުގައި އޮތީ ޑރ. މުހައްމަދު އިބްރާހިމްގެ ނަމެވެ.

ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު ކޮމެޓީން ތަޅުމަށް ފޮނުވުމަށް ފާސްކުރީ ޝިފްލާގެ ނަން އެކަންޏެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް