Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބަރުލަމާނީ ނިޒާމެއްގެ ވާހަކަ އެންމެ ފުރަތަމަ ދެއްކީ އަޅުގަނޑު: އިބްރާ

ބަރުލަމާނީ ނިޒާމެއްގެ ވާހަކަ އެންމެ ފުރަތަމަ ދެއްކީ އަޅުގަނޑު: އިބްރާ

ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގެންނަން އެންމެ ފުރަތަމަ ވާހަކަ ދެއްކީ އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ)ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށް ދާ ސީއެންއެމްގެ "އިތުރު ކާފު" ޕްރޮގްރާމުގައި އިބްރާ ވިދާޅުވީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަވަން އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ އެމަނިކުފާނު ކަމަށާއި ނަމަވެސް އޭރު އެ ވާހަކަތައް ދެއްކެވި ސަބަބާއި މިހާރު އެ ވާހަތައް ދައްކަވައި ސަބަބު ވަރަށް ތަފާތު ކަމަށެވެ.

"ބަރުލަމާނީ ނިޒާމެއްގެ ވާހަކަ އެންމެ ފުރަތަމަ ދެއްކީ ވެސް އަޅުގަނޑު. އެ ވާހަކަ އޭރު ދައްކަން ޖެހުނީ އޭރުގެ މާޙައުލު އޮތް ގޮތުން. ރައީސް މައުމޫން އަތްޕުޅުގައި އޭރު ހުރިހާ ބާރެއް އޮތީ" އިބްރާ ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން އިބްރާ ވިދާޅުވީ އެމްޑީޕީ ތެރޭގައި އެއް ބަޔަކު ބޭނުންވީ މަގުމައްޗަށް ނުކުމެ ތަޅައިފޮޅައިގެން ލޭ އޮހޮރުވައިގެން ވެރިކަން ބަދަލު ކުރަން ކަމަށާއި އެ މަނިކުފާނަށް ފެނިވަޑައިގެންނެވީ އެގޮތަށް ނޫން ކަމުގައެވެ.

"އަޅުގަނޑަށް ފެނުނީކީ މައުމޫނެއް ނޫން، އަޅުގަނޑަށް ފެނުނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ބާރު މާ ގަދަ ވެފައިވާތަން އޭރު ޤާނޫނު އަސާސީގައި" އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ އެމަނިކުފާނު ބަރުލަމާނީ ނިޒާމެއް ގެންނަވަން ބޭނުންފުޅުވީ، "އޭގެ ތެރެއިން ބާރުތަކެއް" ރައީސުލް ޖުމްލޫރިއްޔާގެ އަތްޕުޅުން ނެރެގެން ވަކި ކުރުމަށް ކަމަށެވެ.

އެވަގުތުގެ ސިޔާސީ މަސްރަޙާއި މާޙައުލާ ހުރި ގޮތުން، އަމާންކަމާއެކު ލޭ އޮހޮރުވުމަކަށް ނުގޮސް އެކަން ގެންދިޔުން އެއީ އިންތިހާބުވެފައި ތިބި މީހުންގެ ޒިންމާއެއް ކަމަށް ދެކެވަޑައިގެންނެވި ކަމަށް ވެސް އިބްރާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް