Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދެ ވައްތަރު ވެކްސިންގެ ދެ ޑޯޒް ޖެހި މީހާއަށް ގެއްލުމެއް ލިބޭނެ ކަމަށް ރިސާޗްތަކުން ނުދައްކާ: އެޗްއީއޯސީ

ދެ ވައްތަރު ވެކްސިންގެ ދެ ޑޯޒް ޖެހި މީހާއަށް ގެއްލުމެއް ލިބޭނެ ކަމަށް ރިސާޗްތަކުން ނުދައްކާ: އެޗްއީއޯސީ

ދެ ވައްތަރު ވެކްސިންގެ ދެ ޑޯޒް ޖެހި މީހާއަށް، ތަފާތު ދެ ޑޯޒެއް ޖަހާފައިވުމުން ސީދާ ގެއްލުމެއް ލިބޭނެ ކަމަށް ރިސާޗްތަކުން ނުދައްކާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

މީހެއްގެ ގަޔަށް ދެ ވައްތަރެއްގެ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާކަން ދައްކުވައިދޭ ވެކްސިން ކާޑުގެ ފޮޓޯއެއް މިހާރު މީސްމީޑިއާ ގައި އަންނަނީ ދައުރުވަމުންނެވެ.

އެ ފޮޓޯއިން ފެންނަ ގޮތުގައި، ވެކްސިން ދީފައި ވަނީ ފިރިހެން ބޭފުޅަކަށެވެ.

Advertisement
Ooredoo — Square (box)

އޭނާއަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވަނީ މިދިޔަ މަހުގެ 22ގައި، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުންނެވެ. އެދުވަހު އޭނާގެ ގަޔަށް ޖަހާފައިވަނީ ސިނޮފާމް ވެކްސިނެވެ.

އަދި، އޭނާއަށް ދެވަނަ ޑޯޒް އިއްޔެ ޖަހައިފައިވާއިރު، އެ ކާޑުގައި ނޯޓު ކޮށްފައިވާ ގޮތުގައި އޭނާއަށް ދީފައިވަނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒްއެވެ.

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޑައިރެކްޓަރ އަަހުމަދު ނާސިރް ވިދާޅުވީ ދެ ވައްތަރެއްގެ ވެކްސިންގެ ދެ ޑޯޒް ޖެހި ކޭސް އިތުރަށް މޮނިޓަރ ކުރައްވަމުން ދާ ކަމަށެވެ.

"އިތުރު ޑޯޒެއް އޭނައަކަށް ދެނެއް ނުޖަހާނެ. އަދި މިހާތަނަށް ހެދިފައި ހުރި ރިސާޗުތަކުން ދައްކާ ގޮތުގައި ސީދާ ގެއްލުމެއް މިކަމުގެ ސަބަބުން ލިބިގެނެއް ނުދާނެ. ދެ ޑޯޒް ޖެހުމުން ލިބޭ ފައިދާ ލިބިގެންދާނެ ކަމަށް ގިނަ ރިސާޗުތަކުން ދައްކަނީ" ނާސިރް ވިދާޅުވިއެވެ.

އެހެން ނަމަވެސް ނާސިރު ވިދާޅުވީ، އުސޫލަކީ ފުރަތަމަ ޑޯޒްގައި ދޭ ވެކްސިން ދެވަނަ ޑޯޒްގައި ވެސް ދިނުން ކަމުގައެވެ. ނަމަވެސް އެ އުސޫލާ ތަފާތުކޮށް މިކަން ހިނގާފައިވާތީ، މިކަންކަމަށް ކުރިއަށް އޮތް ތަނުގައި ސަމާލުކަން ދެއްވާނެ ކަމަށް ވެސް ނާސިރް ވިދާޅުވިއެވެ. އަދި މި ކޭސް ވަކިން މޮނިޓަރ ކުރައްވަމުން ގެންދަވާނެ ކަމަށް ވެސް ނާސިރު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް