Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފިޝަރީޒް މިނިސްޓްރީގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަން ކޮށްފި

ފިޝަރީޒް މިނިސްޓްރީގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަން ކޮށްފި

ފިޝަރީސް މިނިސްޓްރީގެ ނައިބުގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ފުރަތަމަ ފަހަރަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

އެ މިނިސްޓްރީގެ ނައިބުގެ މަގާމަށް އައްޔަން ކޮށްފައި ވަނީ، މ. ހިޔަމަ، އަކީ މާޖިދުއެވެ. އަލީ މާޖިދަކީ މީގެ ކުރިން ނ އަތޮޅުގެ ކައުންސިލް މެންބަރުކަން ވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.

މަންދު ކޮލެޖުން ޑިޕްލޮމާ އިން ބިޒްނަސް މެނޭޖްމަންޓް ހާސިލްކުރައްވާފައިވާ އަލީ މާޖިދު ވަނީ ސެޓްފިކެޓް އިން ޓްރެވަލް އެންޑް ޓުއާ އޮޕްރޭޝަންސް ކޯހެއް ވެސް ފުރިހަމަ ކުރައްވައިފައެވެ. އިންޓީރިއާ ޑިޒައިނިން އަދި ޕްރޮޖެކްޓް މެނޭޖްމަންޓްގެ މަސައްކަތްތައް ވެސް އޭނާ ކުރައްވާފައި ވެއެވެ.

Advertisement
Ooredoo — Square (box)

އަލީ މާޖިދު ވަނީ ނޮދާން ޔޫޓިލިޓީސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމާއި، ޕްލޭންކްޓަންސް ބީޗް ހޮޓެލް އަދި މޯނިން ސަންރައިސް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތަކުގައި ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ. އަދި އަމިއްލަ ގޮތުން މަސައްކަތްކުރާ އެކި ކުންފުނިތަކުގެ އިސް މަގާމުތައް ވެސް ފުރުއްވާފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް