Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ދެ ވައްތަރު ވެކްސިންގެ ދެ ޑޯޒް ޖެހި މީހާގެ ހާލު ރަނގަޅު ނޫން ކަމަށް އޭނާ ބުނެފި

ދެ ވައްތަރު ވެކްސިންގެ ދެ ޑޯޒް ޖެހި މީހާގެ ހާލު ރަނގަޅު ނޫން ކަމަށް އޭނާ ބުނެފި
ކޮވިޑް-19 އިން ދިފާޢުވުމަށް ދެ ވައްތަރެއްގެ ވެކްސިންގެ ދެ ޑޯޒް ޖެހި ދިވެހި މީހާގެ ހާލު ރަނގަޅު ނޫން ކަމަށް އެމީހާ ބުނެފިއެވެ. ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ދެ ވައްތަރު ވެކްސިންގެ ދެ ޑޯޒްއެއް މީހަކަށް ދެވިފައިވާ ކަމަށާއި އެމީހާގެ ހާލު ބަލަމުން އަންނަ ކަމަށެވެ. ތަފާތު ދެ ޑޯޒްއެއް ދެވިގެން ސީދާ އެއްވެސް ގެއްލުމެއް އެ މީހާއަށް ނުވާނެ ކަމަށް ރިސާޗުތަކުން ދައްކާ ކަމަށް ވެސް އެޗްއީއޯސީން މިއަދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޢަބްދުލް މަތީން މޫސާ ނަމަކަށް ކިޔާ އެ މީހާ މިރޭ އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ހާލު ރަނގަޅު ނޫން ކަމަށެވެ. މަތީން ބުނި ގޮތުގައި އޭނާ ފުރަތަމަ ވެކްސިން ޑޯޒް ޖެހީ ހުޅުމާލެ ހޮސްޕިޓަލުންނެވެ. އެއަށް ފަހު ދެވަނަ ޑޯޒް ޖެހީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. މަތީނު ބުނާ ގޮތުން ގޯސް ހަދައިފައި ވަނީ އެތަނުގައި ވެކްސިން ޖަހަން ތިބި މީހުންނެވެ. [caption id="attachment_81741" align="alignnone" width="600"] ދެ ވައްތަރުގެ 2 ޑޯޒް ވެކްސިން ޖެހިކަމަށް ބުނާ މީހާގެ ވެކްސިން ކާޑް[/caption] ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ މަހުގެ 22 ވަނަ ދުވަހު މަތީންއަށް ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާއިރު، ދެވަނަ ޑޯޒްއަކަށް އިއްޔެ ދިނީ ކޮވިޝީލްޑް ވެކްސިނެވެ. ދެވަނަ ޑޯޒް ވެކްސިން ޖަހަން އެއާޕޯޓަށް ދިޔުމަށް ފަހު ތަފާތު ހަތަރު ކައުންޓަރެއް ކައިރިއަށް ގޮސް، ހަތަރު މީހަކަށް އައިޑީ ކާޑު ދެއްކި ކަމަށް މަތީނު ބުންޏެވެ.

މަތީންގެ ގަޔަށް ޖެހީ ދެ ވައްތަރެއްގެ ވެކްސިނެއްކަން އޭނާއަށް އެނގުނީ ގެޔަށް އައިސް ވެކްސިން ކާޑު ބެލި ފަހުން ކަމަށް އޭނާ ވެސް ބުނެއެވެ.

"އެ ހިސާބުން އެކުވެރިއަކާ އެ މައުލޫމާތު ހިއްސާ ކުރުމުން، އެއީ ގޯހެއް ކަމަށް ބުނި. ނަމަވެސް، އޭރު މާބޮޑު ކަމެއް ނުވާތީ އަޅާ ނުލައި ހުރީ، އެހެން ހުއްޓައި 2:30 [މެންދަމު] ހާއިރު ފާޑަކަށް މޫނުމައްޗަށް އަނދިރި ވާން ފެށީ. އަޅުުގަނޑު ފާހާނާ ތެރޭ ހުއްޓާ ކިރިޔާ ނުވެއްޓުނީ ވެސް. ދެން މަޑުމަޑުން ފާހާނާއިން ނުކުމެގެން އައިސް އެނދުމަތީގައި އޮށޯތީ" މަތީނު ކިޔައިދީފައި ވެއެވެ.

މީގެ އިތުރުން މަތީނު ބުނީ ހެޔަށް ގޮތް ވާތީ ނުނިދުނު ކަމަށާއި ކުރީކޮޅު ގައިގައި ރިއްސާފައި ދެން ގަދައަށް ހުން އައީ ކަމަށެވެ. އަދި މިހާރު ވެސް ހުރީ ތުރުތުރު އަޅައަޅާ ކަމަށް އޭނާ ބުންޏެވެ. މަތީނު ބުނި ގޮތުގައި އޭނާ މިހާރު ހޮސްޕިޓަލަށް ދާކަށް ބޭނުމެއް ނުވެއެވެ. "އަޅުގަނޑަށް ވާނުވާ ނޭނގޭތީ އަޅުގަނޑު ރައްޓެހިން ކައިރީ ބުނެގެން މިއުޅެނީ" މަތީން ބުންޏެވެ. މަތީންގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށް އެޗްއީއޯސީން މިއަދު ބުނި ނަމަވެސް އޭނާ ވަނީ އެކަން ވެސް ދޮގު ކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް