Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ދޮގު ތުހުމަތެއްގައި ޖަލަށް ލެވުނު ފައުޒިއްޔާ އާއި ރަޝީދާއަށް އިންޑިއާއިން ބަދަލު ދީފި

ދޮގު ތުހުމަތެއްގައި ޖަލަށް ލެވުނު ފައުޒިއްޔާ އާއި ރަޝީދާއަށް އިންޑިއާއިން ބަދަލު ދީފި

މަޝްހޫރު ފިލްމީތަރި ފައުޒިއްޔާ ހަސަން އާއި އޭނާގެ އެެކުވެރިޔާ މަރިޔަމް ރަޝީދާ، ދޮގ ތުހުމަތެއްގައި އިންޑިއާގެ ކެރެލާގެ ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރި މައްސަލައިގެ ބަދަލު އިންޑިއާއިން ދީފިއެވެ.

ފައުޒިއްޔާ އާއި އޭނަގެ އެކުވެރިޔާ ރަޝީދާ ހައްޔަރު ކުރެވިފައި ވަނީ އެ ދެމީހުންނަކީ ވެސް ޖާސޫސުން ކަމަށް ތުހުމަތު ކޮށެވެ. އެހެން ނަމަވެސް އެކަން ހަގީގަތުގައި ހިނގާ ދިޔަ ގޮތް ފައުޒިއްޔާ ވަނީ "ދަ ހިންދޫ"އަށް ކިޔައިދީފައެވެ.

ފައުޒިއްޔާ ކިޔައިދިން ގޮތުގައި އެކަމަކީ ކެރެލާގައި ފުލުހެއް އެ ދެމީހުންގެ ފަރާތުން ޖިންސީ އެދުންވެރިކަން އެދުމުން އެކަމަށް އިންކާރު ކުރުމުން ލިބުނު ނަތީޖާއެއް ކަމަށާއި އެ ފުލުސް މީހާ އެމީހުންނަކީ ޖާސޫސުންނަށް ހެދީ ކަމަށެވެ. ދެ މީހުން ވެސް ހައްޔަރު ކޮށްފައި ވަނީ 1994 ގައެވެ.

Advertisement
Allied — Dhen Online (box)

މަރިޔަމް ރަޝީދާ ވަނީ މި މައްސަލައިގައި ހައްޔަރުކުރި މައްސަލައާ ގުޅިގެެން 30 އަހަރު ފަހުން އިންސާފު ލިބުނު ނަމަވެސް ވެއްޓުނު އަގު އަނބުރާ ލިބޭނެތޯ ސުވާލުކޮށްފައެވެ. ރަޝީދާ ވަނީ އޭނާގެ ހަގު އުމުރުގައި އާއިލާއާއި މުޅި ގައުމުގެ ކުރިމަތީގައި އޭނާގެ އަގު ވައްޓައިލައިފައި ކަމަށް ބުނެފައެވެ. އަދި މި ހުރިހާ ކަމެއްގައި ވެސް އޭނާ ކުށްވެރި ކުރަނީ މީޑިއާ ތަކާއި ކެރެލާގެ ފުލުހުން ކަމުގައި ވެސް އޭނާ "ދަ ހިންދު"އަށް ދިން އިންޓަރވިއުއެއްގައި ބުނެފައި ވެއެވެ.

ރަޝީދާގެ ފަރާތުން ޖިންސީ އެދުން ފުއްދަން ބޭނުންވި ފުލުސް މީހާ އެކަން ކުރަން އުޅުނީ ކޮޓަރިއެއް ތެރޭގައި ކަމަށާއި އޭނާ އެކަން ކުރަން އުޅުނީ ރަޝީދާގެ އެކުވެރި ފައުޒިއްޔާ ވެސް ކޮޓަރިން ބޭރު ކޮށްލުމަށް ފަހުގައި ކަމަށް އޭނާ ބުންޏެވެ. އަދި އެ ފުލުސް މީހާ ރަޝީދާ ގައިގައި ބައްދަން ފެށުމުން އެ ފުލުސް މީހާ ގައިގައި ޖެހި ކަމަށް ވެސް ރަޝީދާ ބުނެފައި ވެއެވެ.

ރަޝިދާއާއި ފައުޒިއްޔާއަށް އިންޑިއާގެ ކެރެލާއިން ބަދަލު ދިން ނަމަވެސް ބަދަލެއްގެ ގޮތުގައި ދީފައި ވަނީ ކިހާ އަދަދެއް ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް