ޓޫރިސްޓުން ފިޔަވައި އިންޑިއާއިން ރާއްޖެ އަންނަ އެންމެން ވެސް ކަރަންޓީނު ވާން ޖެހޭނެ: އިމިގްރޭޝަން

ޓޫރިސްޓުން ފިޔަވައި އިންޑިއާއިން ރާއްޖެއަށް އަންނަ ކޮންމެ މީހަކު ވެސް 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން އަންގައިފިއެވެ.
ރޭގެ ވަގުތެއްގައި އިމިގްރޭޝަނުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން އިންޑިއާއިން ރާއްޖެ އަންނަ ކޮންމެ މީހަކު ވެސް 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ. އަދި މި ހާލަތުގައި ޓޫރިސްޓު ވިސާގައި އިންޑިއާއިން ރާއްޖެ އަންނަ ފަރާތްތައް އިސްތިސްނާ ވާނެ ކަމުގައި ވެސް އެ ޓުވީޓުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހެއް ނަމަވެސް އިންޑިއާއިން އަންނަ ކަމުގައި ވަނީ ނަމަ 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އެ އެންގުމުގައި ވެއެވެ.
https://twitter.com/immigrationmv/status/1385315395410698243?s=21
މި ދުވަސްވަރު އިންޑިއާގައި އާދަޔާ ޚިލާފަށް ކޮވިޑް-19 ފެތުރުމާ ގުޅިގެން ބައެއް ގައުމުތަކުން ވަނީ އިންޑިއާއަށް ނުދިއުމަށް ވެސް އިލްތިމާސް ކޮށްފައެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އިންޑިއާއިން ޓޫރިސްޓު ވިސާގައި އަންނަ މީހުން ކަރަންޓީނު ވާން ނުޖެހުމުގެ ސަބަބުން ގިނަ ބައެއް އަންނަނީ އެކަމާ ކަންބޮޑު ފާޅު ކުރަމުންނެވެ.







ކޮމެންޓް