Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

69،000 އަށްވުރެ ގިނަ މީހުން ވެކްސިންގެ 2ވަނަ ޑޯޒް ފުރިހަމަކޮށްފި

69،000 އަށްވުރެ ގިނަ މީހުން ވެކްސިންގެ 2ވަނަ ޑޯޒް ފުރިހަމަކޮށްފި

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ 2ވަނަ ޑޯޒް 69 ހާހަށް ވުރެ ގިނަމީހުން ފުރިހަމަ ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަ ކުރައްވާފައިވާ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު ވެކްސިންގެ ދެވަނަ ޑޯޒް 7،216 މީހުން ވަނީ ޖަހައިފައެވެ. މިއާ އެކު ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 69،802 އަށް އަރައެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައި ވަނީ 1732 މީހުންނެވެ. ޖުމްލަ 288،903 މީހުން ކޮވިޑް-19 އަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައިވެއެވެ.

Advertisement
Allied Insurance — Square (box)

މިވަގުތު ގްރޭޓަރ މާލެ ސަރަޙައްދުގައި ވެކްސިން ޖަހަމުން އަންނަނީ ސޯޝަލް ސެންޓަރާއި ނޭޝަނަލް އާޓް ގެލެރީއާއި ހުޅުމާލޭ ވެކްސިން ސެންޓަރާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒާއި ސެނެހިޔާ ހޮސްޕިޓަލްގައެވެ. މި ތަންތަނުގައި ވެކްސިން ޖެހުން ކުރިއަށް ދަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއެއްގެ 9:00އިން ފެށިގެން 11:45އަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް