Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކަރަންޓީންވާން ރާއްޖެ އައިސް ހުރި އިންޑިއާ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ކ. ދިއްފުށީ ފަޅުތެރޭގައި މަރުވެފައި އޮތް އިންޑިއާ މީހަކު ފެނިއްޖެއެވެ.

މައުލޫމާތު ލިބިގައިވާ ގޮތުގައި މަރުވެފައިވާ އޮއްވާ ފެނުނު މީހާއަކީ ކަރަންޓީންވާން ރާއްޖެ އައިސް ހުރި މީހެކެވެ. މިހާރު އެމީހާ ވަނީ ދިއްފުށީ ހެލްތު ސެންޓަރަށް ގެންގޮސްފައެވެ. ކަރަންޓީން ފުރިހަމަކޮށް އޭނާ ރާއްޖޭގައި ދުވަސްތައް ހޭދަ ކުރުމަށް ނިންމައިފައި ވަނީ ކޮން ބޭނުމެއްގައި ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

ދިއްފުއްޓަކީ ގިނަ އަދަދެއްގެ ގެސްޓުހައުސް ހިންގާ ރަށެކެވެ. ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި އިންޑިއާގެ ޓޫރިސްޓުން ގިނަ އަދަދަކަށް ތިބި އިރު އެ ގައުމުގައި ހަލުވި ކަމާއެކު ދަނީ ކޮވިޑު ފެތުރެމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް