Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އާދިއްތަ ދުވަހުން ފެށިގެން ގައުމީ ކުތުބުޚާނާ އާއި ކުޑަކުދިންގެ ލައިބްރަރީ އަލުން ހުޅުވަނީ

އާދިއްތަ ދުވަހުން ފެށިގެން ގައުމީ ކުތުބުޚާނާ އާއި ކުޑަކުދިންގެ ލައިބްރަރީ އަލުން ހުޅުވަނީ

އާދިއްތަ ދުވަހު ފެށިގެން ގައުމީ ކުތުބުޚާނާ އާއި ކުޑަކުދިންގެ ލައިބްރަރީން އަލުން ހުޅުވައި ޚިދުމަތް ދޭން ފަށަން ނިންމައިފިއެވެ.

ކުތުބުޚާނާއިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން މެދުކެނޑިފައިވާ ކުތުބުޚާނާ އަދި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ޚިދުމަތް 25 އޭޕްރީލް 2021ން ފެށިގެން ކުތުބުޚާނާގެ އިމާރާތުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ޚިދުމަތް ކުތުބުޚާނާއިން ދެމުން ގެންދާނީ ކޮންމެ ހަފުތާއެއްގެ ވެސް އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ން މެންދުރު 12:00ށް ކަމަށެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް ގިނަވުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެކި ފަހަރު މަތިން ލައިބްރަރީގެ ޚިދުމަތް ވަނީ ހުއްޓައިލައިފައެވެ. އެގޮތުން އެންމެ ފަހުން ލައިބްރަރީގެ ޚިދުމަތް މެދުކަނޑައިލައިފައި ވަނީ ފާއިތުވި ފެބްރުއަރީ މަހުގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް