Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ތިނަދޫން ކޮވިޑް-19 އަށް މީހަކު ފައްސިވެއްޖެ

ތިނަދޫން ކޮވިޑް-19 އަށް މީހަކު ފައްސިވެއްޖެ

ގދ ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި ފައްސިވި މީހާ އަކީ ކަރަންޓީންގައި ހުރި މީހެއް ކަމަށާއި އޭނާ ފައްސިކަން އެނގުނީ ރިލީޒް ސާމްޕަލުން ކަމަށެވެ.

މިކަމާ ގުޅިގެން މިހާރު ދަނީ ފައްސިވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން ވެސް ތިނަދޫން ވަނީ ފައްސި ކޭސްތަކެއް ފެނިފައެވެ. އެހެން ނަމަވެސް މިއަދު ފައްސިވި މީހާ ފިޔަވައި އެ ރަށުގައި މި ވަގުތު އެކްޓިވް ކޭސްއެއް ނެތެވެ.

Advertisement
HDC — Sidebar (box)

މާލެ ފިޔަވައި ރާއްޖެތެރޭގެ ގިނަ ރަށްރަށުގައި ވެސް ކޮވިޑް-19 ބަލިމަޑުކަން ވަނީ ފެތުރިފައެވެ. އެ ގޮތުން މިހާރު މޮނިޓަރިން ހާލަތަށް ލެވިފައިވާ ރަށްރަށުގެ ތެރޭގައި އއ.މަތިވެރި، ލ.ގަން، ކ.ހިންމަފުށި، ބ.އޭދަފުށި، ހިމެނެއެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަނެއްކާ ވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ ވެސް 319 މީހުން ވަނީ ފައްސި ވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް