Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮވިޑް ދިފާޢު: ރާއްޖެއިން 70،000 އަށް ވުރެ ގިނަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފި

ކޮވިޑް ދިފާޢު: ރާއްޖެއިން 70،000 އަށް ވުރެ ގިނަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފި

ކޮވިޑް-19 އިން ދިފާޢުވުމަށް ރާއްޖެއިން މިހާތަނަށް 70،983 މީހުން ވެކްސިންގެ ޑޯޒް ފުރިހަމަ ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވެކްސިންގެ ދެވަނަ ޑޯޒް އިއްޔެ ޖަހައިފައި ވަނީ 1،181 މީހުންނެވެ. އަދި ފުރަތަމަ ޑޯޒް ޖަހައިފައި ވަނީ 1،111 މީހުންނެވެ. މާލެ ސަރަޙައްދުގައި އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ވެސް ޖަހާފައެއް ނުވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރު ކޮށްފައިވާ ތިން ވެކްސިނެއް ރާއްޖޭގައި މިހާރު ދެއެވެ. އެއީ ކޮވިޝީލްޑާއި ސިނޮފާމްގެ އިތުރުން ފައިޒާއެވެ. މީގެ ތެރެއިން ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ނިންމައި އޭގެ ދެވަނަ ޑޯޒް ވެސް ދަނީ ޖަހަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް