Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ކުރެވޭނީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އަހަރެއް ވެފައިވާ މީހުންނަށް!

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ކުރެވޭނީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އަހަރެއް ވެފައިވާ މީހުންނަށް!

ވެރިކަން ކުރާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ކުރެވޭނީ އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އެއް އަހަރު ވެފައިވާ މީހުންނަށް ކަމަށް އެ ޕާޓީން ނިންމައިފިއެވެ.

މިގޮތަށް ނިންމައިފައި ވަނީ މިރޭ ބޭއްވި އެ ޕާޓީގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި 69 މެމްބަރުންގެ ވޯޓާއެކުގައެވެ.

މިރޭ ގެ ބައްދަލުވުމުގައި އެމްޑީޕީއިން ބުނީ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ލެވޭނީ 18 އޭޕްރީލް 2021 ވަނަ ދުވަހާ ހަމައަށް އެޕާޓީގެ މެންބަރުންގެ ގޮތުގައި ހިމެނިފައިވާ ފަރާތްތަކަށް ކަމަށެވެ. އެގޮތުން އެ ދުވަހުން ފެށިގެން މެމްބަރޝިޕް ފޯމުތައް ބަލައިގަތުން ވެސް އެމްޑީޕީން ވަނީ ހުއްޓާލައިފައެވެ.

Advertisement
Ooredoo — Truecaller (box)

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލާނީ ޖުމްލަ 455 މަގާމަކަށް މީހުން އައްޔަން ކުރުމަށެވެ. އެ މަގާމުތަކުގެ ތެރޭގައި، ހިންގާ ކޮމިޓީގެ މެންބަރުން،  ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ރައީސުންނާއި ނައިބު ރައީސުން ހިމެނެއެވެ. ހަމައެއާއެކު ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ސެކެރެޓަރީންނާއި ނައިބުންގެ އިތުރުުން މީޑިއާ ސެކެރެޓަރީން ވެސް މި އިންތިހާބުގައި ހޮވާނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް