ޕީޕީއެމް އޮފީސް ތެރެއަށް ފުލުހުން ވަދެ، ބައެއް ފަރާތްތަކަށް އަނިޔާކުރި ކަމުގެ މައްސަލައެއް

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ނިންމާލިތަނާ ފުލުހުން ، ޕެޕަރ ސްޕްރޭ ޖަހައި ޕީޕީއެމް އޮފީސް ތެރެއަށް ވަދެ ބައެއް މީހުންނަށް ބޫޓުން އަނިޔާ ކުރި ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
ޕީޕީއެމް،ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެ ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ނިންމާލިތަނާ، ފުލުހުން ޕެޕަރ ސްޕްރޭ ޖަހައި، ވަރަށް ގިނަ ސަޕޯޓަރުންނަށް އަނިޔާކޮށް، ޕީޕީއެމް އޮފީސް ތެރެއަށް ވަދެ ބޫޓުން ތަޅައި ބައެއް މީހުންނަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވާ ކަމަށެވެ.
<img class="alignnone wp-image-82557 size-full" src="https://cdn.dhen.mv/wp-content/uploads/2021/04/photo_2021-04-25_00-17-58.jpg" alt="" width="766" height="1024" />
އެގޮތުން ފަސް މީހަކަށް ފަރުވާ ދޭން އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށާއި ފަސް މީހަކު އޭޑީކޭ ހޮސްޕިޓަލަށް ވެސް ގެންގޮސްފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ އިތުރަށް ވިދާޅުވީ، ފުލުހުން މިރޭ ވަނީ އެ ބައްދަލުވުމުގެ ތެރެއިން ބައެއް މީހުން ހައްޔަރު ކޮށްފައި ކަމަށާއި ހައްޔަރު ކުރި މީހުން ވެސް މިހާރު ވަނީ ހޮސްޕިޓަލުގައި ކަމަށެވެ. ނަމަވެސް ހައްޔަރު ކުރީ ކިތައް މީހުން ކަމެއް ހީނާ ވިދާޅުވެފައެއް ނުވެއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.







ކޮމެންޓް