Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަސައްކަތް ކުރަން މަގު ބަންދު ކުރަން އެންމެ ރަނގަޅު ވަގުތެއް ކަމަށް ފެނުނީ ރޭގަނޑު 11ގެ ފަސް

މަސައްކަތް ކުރަން މަގު ބަންދު ކުރަން އެންމެ ރަނގަޅު ވަގުތެއް ކަމަށް ފެނުނީ ރޭގަނޑު 11ގެ ފަސް
ކޮންސްޓްރަކްޝަން މަސައްކަތް ކުރަން މަގު ބަންދު ކުރަން އެންމެ ރަނގަޅު ވަގުތަކީ ރޭގަނޑު 11:00ގެ ފަސް ކަމަށް އާންމުންގެ ގިނަ ބަޔަކު ވޯޓު ދީފިއެވެ. އާންމުން މިފަދައިން ވޯޓު ދިނީ، މާލެ ސިޓީގެ އިންތިހާބީ މޭޔަރު އަދި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު، ޓްވިޓާ މެދުވެރިކޮށް ރޭ ހުޅުވައިލެއްވި ޕޯލެއްގައެވެ. ޑރ. މުޢިއްޒު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޮންސްޓްރަކްޝަން މަސައްކަތަށް މަގު ބަންދު ކުރުމުގައި އާންމުންނަށް އުނދަގޫވުން އެންމެ ކުޑަ ވަގުތެއް ޚިޔާރުކުރުން މުހިންމު ކަމަށެވެ. އެހެންކަމުން ކޮންސްޓްރަކްޝަން މަސައްކަތަށް މަގު ބަންދު ކުރުން އެންމެ ރަނގަޅީ ކޮން ވަގުތެއްތޯ ޑރ. މުޢިއްޒު ވަނީ ސުވާލު ކުރައްވައި ޕޯލްއެއް ހައްދަވައިފައެވެ. އެ ޕޯލްގައި ޑރ. މުޢިއްޒު ވަނީ ހަތަރު އޮޕްޝަނެއް ކަނޑައަޅުއްވައިފައެވެ.
  • ރޭގަނޑު 11:00 އިން ހެނދުނު 7:00 އަށް
  • ހެނދުނު 6:00 އިން މެންދުރު 2:00 އަށް
  • މެންދުރު 12:00 އިން ރޭގަނޑު 8:00 އަށް
  • ކޮންމެ ވަގުތެއް ވެސް އޯކޭ
https://twitter.com/MMuizzu/status/1385660696038318082?s=20 ޕޯލްގެ ފައިނަލް ނަތީޖާ މިރޭ ލިބިފައިވާއިރު، 78.2 އިންސައްތަ މީހުން ވޯޓު ދީފައި ވަނީ ރޭގަނޑު 11:00 އިން ހެނދުނު 7:00 އަށް (ކޮންސްޓްރަކްޝަން މަސައްކަތަށް) މަގު ބަންދުކުރަން ފެންނަ ކަމަށެވެ. މި ޕޯލްއަށް 2،843 މީހުން ވޯޓު ލައިފައި ވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް