Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކައުންސިލަރުންގެ މުސާރައިގެ ފަރަގާ މެދު ވައްޑޭގެ ހިތްހަމަނުޖެހުން

ކައުންސިލަރުންގެ މުސާރައިގެ ފަރަގާ މެދު ވައްޑޭގެ ހިތްހަމަނުޖެހުން

އަތޮޅު ކައުންސިލްތަކުގެ ރައީސުންގެ މުސާރަ އާއި ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރައިގެ މެދުގައި ހުރި ފަރަގާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑޭ) ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

ވައްޑޭ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތޮޅު ކައުންސިލަރުންނަކީ އަތޮޅެއްގެ ހުރިހާ ރައްޔިތުންގެ ތާއީދާއި ވޯޓުން ހޮވޭ މީހަކަށް ވާއިރު، މުޅި އަތޮޅުގައި ދަތުރު ކުރައްވަން ޖެހޭ މީހެއް ކަމަށާއި އެގޮތުން ސިޓީއެއްގެ ވަކި ދާއިރާއަކުން ހޮވޭ މީހަކަށްވުރެ އަތޮޅު ކައުންސިލްގެ ރައީސްގެ މުސާރަ ކުޑަވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

https://twitter.com/waddey_/status/1386349627734073354?s=20

Advertisement
HDC — Sidebar (box)

މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ސިޓީ ކައުންސިލްގެ މޭޔަރާއި، ސިޓީ ކައުންސިިލްގެ މެމްބަރުންގެ އިތުރުން އަތޮޅު ކައުންސިލްގެ ރައީސް އަދި ރަށު ކައުންސިލްގެ ރައީސް އާއި މެމްބަރުންގެ މުސާރަތަކަށް ބަދަލު ގެނައުމަށް ފާސްކޮށްފައެވެ.

ނޭޝަނަލް ޕޭ ކޮމިޝަނުން މުސާރައަށް ގެނައުމަށް ހުށަހެޅި ބަދަލުތައް:

▪︎މޭޔަރަކަށް - 40،000 ރުފިޔާ
▪︎ޑެޕިއުޓީ މޭޔަރަކަށް - 35،000 ރުފިޔާ
▪︎ސިޓީ ކައުންސިލް މެމްބަރަކަށް - 30،000 ރުފިޔާ
▪︎އަތޮޅު ކައުންސިލް ރައީސަކަށް - 28،000 ރުފިޔާ
▪︎ރަށު ކައުންސިލް ރައީސަކަށް - 23،000 ރުފިޔާ
▪︎ޑެޕިއުޓީ ރައީސަކަށް - 15،000 ރުފިޔާ
▪︎މެމްބަރަކަށް - 12،000 ރުފިޔާ

މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފައިވާ މުސާރަތަކަކީ ކުރިން ދެވެމުން އައި މުސާރަތަކަށް ވުރެ ބޮޑު މުސާރަތަކެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް