ދުނިޔެ

އަނބިމީހާގެ ގަޔަށް ހޫނު ފެން އަޅައި މަރާލި މައްސަލައިގައި ފިރިހެނަކު ހައްޔަރު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގާހިރާ: ސައުދީ އަރަބިއާގައި އުޅޭ ފިރިހެނަކު އޭނާގެ އަނބިމީހާއަށް އަނިޔާކޮށް މަރާލި މައްސަލައެއް އެ ގައުމުގެ ފުލުހުން ބަލަން ފަށައިފިއެވެ.

Ads by Sosun Fihaara

ބޭރުގެ މީޑިއާތައް ބުނާ ގޮތުގައި މި ދެމަފިރިންނަކީ އަލްޠާއިފްގައި އުޅޭ ދެމީހުންނެވެ. އެފްރިކާއަށް ނިސްބަތްވާ މި ފިރިމީހާގެ ފަރާތުން އަނބިމީހާއަށް އަބަދުވެސް އަނިޔާ ލިބެމުންދާ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

އެންމެ ފަހުން ހިނގި ހާދިސާގައި އަނބިމީހާއަށް އަނިޔާކޮށް އޭނާ ގަޔަށް ހޫނުފެން އެޅުމުން ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާ ހޯދުމަށް އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި އޭނާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ އަންހެން މީހާގެ އާއިލާގެ މެމްބަރުން ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ. އެ އަންހެން މީހާ މަރުވެފައި ވަނީ ފަރުވާ ހޯދަނިކޮށް މިދިޔަ ހުކުރު ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ފިރިހެން މީހާ ހައްޔަރުކޮށްފައެވެ.

އަންހެން މީހާގެ އާއިލާއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އެ ދެމަފިރިންގެ ކައިވެންޏަށް މާ ގިނަ ދުވަސްތަކެއް ނުވާނެ ކަމަށާއި، ފިރިހެންމީހާގެ ގަދަ ރުޅިއާ ބެހޭގޮތުން އެނގުމުން އާއިލާއިން އެމީހުންގެ ކައިވެންޏަށް ދެކޮޅު ހެދި ކަމަށާއި އެހެން ނަމަވެސް އަންހެން މީހާ ނުހަނު އެދޭ ކަމަކަށްވާތީ ފަހުން އަޅައި ނުލީ ކަމަށް ވެސް އެ އާއިލާއިން ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!