މުދަލު ޒަކާތުގެ ނިޞާބު ކަނޑައަޅައިފި

ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިޞާބު ކަނޑަައަޅައިފިއެވެ.
އެގޮތުން މި މަހުގެ ނުވަވަނަ ދުވަހުން ފެށިގެން ރާއްޖޭގެ މުދަލު ޒަކާތުގެ ނިޞާބަކީ 6961.50 ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓަރީން ބުންޏެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި މީރާއިން ވަނީ 33.3 މިލިއަން ރުފިޔާ ބަލައިގަނެފައެވެ. އެހެން ނަމަވެސް އޭގެ ކުރީ އަހަރު މުދަލު ޒަކާތުގެ ގޮތުގައި މީރާއިން 44 މިލިއަން ރުފިޔާ ބަލައިގަނެފައި ވެއެވެ.
މީރާއިން ވަނީ އެ އޮތޯރިޓީގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައެވެ.