Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މަލީޙް ރައީސް ނަޝީދަށް:ތިޔަ އުޅުއްވަނީ ސައިޒު އޮޅިވަޑައިގެން

މަލީޙް ރައީސް ނަޝީދަށް:ތިޔަ އުޅުއްވަނީ ސައިޒު އޮޅިވަޑައިގެން
ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ބިރު ދެއްކި ކަމަށް ވިދާޅުވެ ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެފައިވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް މައްސަލަ ބެލި މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ނިންމުމާ ގުޅިގެން އެ ނިންމުމަށް މަލީހު ރައްދު ދެއްވައިފިއެވެ. ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަލީޙާ ގުޅޭ މައްސަލައެއް ކޮމިޓީއަށް ފޮނުއްވައި އެ ކޮމިޓީން މަލީޙްގެ ތުހުމަތުގައި އަސްލެއް ނެތް ކަމަށް ނިންމި ނިންމުމާ ގުޅިގެން މަލީޙް ވަނީ ބަހުގެ ގިނަ ހަމަލާތަކެއް ރައީސް ނަޝީދަށް ރައްދު ކުރައްވައިފައެވެ. މަލީހް އެކަން ސިފަ ކުރައްވައިފައި ވަނީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އެބޭފުޅާ ގާނޫނީ ގޮޅިއަކަށް ފެއްތެވުމަށް ކުރައްވާ މަސައްކަތްތަކެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ނަޝީދު ކިބައިގައި އެހާ ހަކަތަ ނުހުންނާނެ ކަމަށް މަލީހް ވިދާޅުވިއެވެ. މަލީހް އިތުރަށް ވިދާޅުވީ އެމްޑީޕީ ބަލިކުރުމުގެ ފޯމިއުލާ އެބައޮތް ކަމަށާއި، 2013 ގައި ޕީޕީއެމުން ނިކުމެ ރައީސް ނަޝީދު ބަލިކުރެއްވި ދުވަހުގެ ހަނދާން ވެސް ނެތީތޯ މަލީހު ވަނީ ސުވާލު ކުރައްވާފައެވެ.

ރައީސް ނަޝީދު މަނިކުފާނަށް ދަންނަވާލަން އޮތީ ހިކިފަސްތާ ބަކަނާޅާށޭ. އަޅުގަނޑު އަތުވާހާ ހަކަތައެއް މަނިކުފާނު ގަޔަކު ނުހުންނާނެ. މަނިކުފާނު ތިޔަ އުޅުއްވަނީ ސައިޒު އޮޅިވަޑައިގެން. އެމްޑީޕީ ބަލިކުރުމުގެ ފޯމިއުލާ އޮތީ އަޅުގަނޑުމެން ޖީބުގައި. 2013 ހަނދާން ނެތުނީތޯ. 2023ގެ ބަލި މާ ބޮޑުވާނެ

މަލީހް
 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް