Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޓްރާންސްޕޯޓު އޮތޯރިޓީ އުވާލުމަށްފަހު މިނިވަން އިދާރާއެއް އުފައްދާނަން: ޓްރާންސްޕޯޓް މިނިސްޓްރީ

ޓްރާންސްޕޯޓު އޮތޯރިޓީ އުވާލުމަށްފަހު މިނިވަން އިދާރާއެއް އުފައްދާނަން: ޓްރާންސްޕޯޓް މިނިސްޓްރީ

ޓްރާންސްޕޯޓު އޮތޯރިޓީ އުވާލި ކަމުގައިި ވީނަމަވެސް އެ އޮތޯރިޓީގެ އެންމެހާ މަސައްކަތްތައް ކުރުމަށް ޚާއްސަ މިނިވަން އިދާރާއެއް އުފައްދާނެ ކަމުގައި ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއާއި ޓްރާންސްޕޯޓް އޮތޯރިޓީގެ މެންޑޭޓްގައި ފުށުއެރުންތަކެއް ހުރިކަމަށް ބުނެ އެ އޮތޯރިޓީ އުވާލުމަށް ސަރުކާރުން މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ. އެއާއެކު ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކުން މިހާރު ދަނީ އެ މައްސަލަ އިތުރަށް ދިރާސާ ވެސް ކުރަމުންނެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބޭފުޅުން ވެސް ވަނީ ކޮމިޓީއަށް ހާޒިރު ކުރެވިފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީ އާއި ޓްރާންސްޕޯޓު އޮތޯރިޓީގެ މަސައްކަތުގައި ފުށުއެރުން ހުރުމާއެކު ހާއްސަކޮށް ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުން އަމިއްލައަށް ކަންތައްތައް ނިންމުމުގެ ސަބަބުން މަސައްކަތްތައް ލަސްވެ މިނިސްޓްރީގެ އަމާޒުތަކަށް ވާސިލްވުމަށް ހުރަސް އެޅޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލް ގަނީ އިއްޔެ ވަނީ ވިދާޅުވެފައެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީގައި އިންތިހާއަށް ކޮރަޕްޝަންގެ މައްސަލަތައް އޮތުމުން އެތަން އުވާލައި އެ އޮތޯރިޓީ މިނިސްޓްރީގެ ދަށަށް ގެންދަން ޖެހޭ ކަމަށާއި، "އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް" އާ އެެއްގޮތަށް ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ގޮތަށް ފަހުން މިނިވަން މުވައްސަސާއެއް އުފައްދަން ޖެހޭ ކަމަށް ވެސް ހަމަދު ވިދާޅުވިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑު އަސްލު ހިންގަން ޖެހޭނީ ޓްރާންސްޕޯޓް މިނިސްޓަރުގެ ލަފާގެ މަތިންކަމަށް ވީ ނަމަވެސް ކަން ހިނގަނީ އެހެން ނޫން ކަމަށް ފާހަގަ ކުރައްވައި ހަމަދު ވިދާޅުވީ އެ ބޯޑު ހިންގުމުގައި އަމިއްލަ އެޖެންޑާއެއް އިސްކުރާ ކަަމަށެވެ. އަދި އެ ސަބަބަށް ޓަކައި އެކަމަށް ހައްލެއް ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހާއެކު އެތައް ފަހަރަކު މަޝްވަރާ ކުރެވިފައިވާ ވާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް