Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ސަލްމާ ނިޔާވުމުގައި އޭޑީކޭގެ އިހްމާލު އޮތް މައްސަލަ ތަހުގީގު ކުރަން ހުށަހަޅައިފި

ސަލްމާ ނިޔާވުމުގައި އޭޑީކޭގެ އިހްމާލު އޮތް މައްސަލަ ތަހުގީގު ކުރަން ހުށަހަޅައިފި

ގއ. މާމެންދޫއަށް ނިސްބަތްވާ ސަލްމާ ނަސީރު، ވިހެއުމަށް ފަހު ލޭ މަނާ ނުވެގެން ފަރުވާ ދެމުންދަނިކޮށް ނިޔާވުމުގައި އޭޑީކޭ ހޮސްޕިޓަލްގެ އިހްމާލުތަކެއް އޮތް ކަމަށް ތުހުމަތުކޮށް އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ވިހެއުމުގެ ތެރޭގައި ލޭ މަނާ ނުވެގެން ފަރުވާ ދެނިކޮށް ސަލްމާ ނިޔާވީ މިދިޔަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުގައެވެ.

މި މައްސަލަ ސަލްމާގެ ފިރިމީހާ އިބްރާހީމް އަދުހަމުގެ ފަރާތުން ފުލުހުންނަށް ހުށަހެޅީ، އޭނާގެ ފަރާތުން މިމައްސަލައިގައި ކުރަން ޖެހޭ ގާނޫނީ މަސައްކަތްތަކާ ހަވާލުވެފައިވާ އެޑްވޮކަސީ ޗެމްބާސްގެ ފަރާތުންނެވެ.

Advertisement
Ooredoo — Square (box)

އެޑްވޮކަސީ ޗެމްބާސްގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސަލްމާ ނިޔާވި މައްސަލަ ހެލްތު މިނިސްޓްރީއަށް ހުށަހެޅުމުން އެ މައްސަލަ ބެލުމަށް ފަހު ސަލްމާއަށް ފަރުވާ ދިނުމުގައި އޭޑީކޭ ހޮސްޕިޓަލުން އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނުވާ ކަމަށް އަންގައިފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އޭޑީކޭގެ މުވައްޒަފުންގެ އިހްމާލު އޮތް ކަމަށް ފެންނާތީ ޖިނާއީ ތަހުގީގެއް ކުރުމަށް ކަމަށެވެ.

ސަލްމާ ނިޔާވި މައްސަލައިގައި މެޑިކަލް ރެކޯޑްތައް ހޯދުމަށް އެދުމުން އޭޑީކޭއިން ކަމާ ގުޅޭ ލިޔުންތައް ދީފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އެޑްވޮކަސީ ޗެމްބާސްގެ ބަޔާނުގައި އިތުރަށް ވަނީ މި ހާދިސާގައި ޝާމިލްވާ ބައެއް މީހުންނަކީ ބިދޭސީ މުވައްޒަފުން ކަމަށްވާތީ މައްސަލައިގެ ތަހުގީގު ނިމެންދެން އެ މީހުންނަށް ފުރައިގެން ނުދެވޭނެ ގޮތް ހެދުމަށް ޓަކައި އެމީހުންގެ ޕާސްޕޯޓް ހިފަހައްޓައިދިނުމަށް ވެސް އެދިފައެވެ.

ސަލްމާ ނިޔާވި މައްސަލަ ބެލުމަށް ފަހު ހެލްތު މިނިސްޓްރީން ސަލްމާގެ ފިރިމީހާއަށް ފޮނުވި ސިޓީއެއްގައި ، ސަލްމާ މަރުވުމުގައި އޭޑީކޭގެ އިހްމާލު އޮތް ކަމަށް ވަނީ ބުނެފައެވެ. އަދި ސަލްމާގެ ގަޔަށް ލޭ އެޅުން އެ ހޮސްޕިޓަލުން ލަސްކުރިކަން ވެސް ހެލްތު މިނިސްޓްރީގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް