Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މައި އާއި ރިޒާ ކައިވެނި ކޮށްފި، ގިނަ ބަޔަކަށް އެއީ ކޮންބައެއްކަމެއް ނޭނގުނު

މައި އާއި ރިޒާ ކައިވެނި ކޮށްފި، ގިނަ ބަޔަކަށް އެއީ ކޮންބައެއްކަމެއް ނޭނގުނު

ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ފާހަގަކުރެވޭ ދެ އެތުލީޓުން ކަމަށްވާ މައިސާ ފަތުހުﷲ (މައި) އާއި ހުސައިން ރިޒާ (ކުޑަރިޒާ) އިއްޔެ ކައިވެނިކޮށްފިއެވެ.

އެމީހުން ކައިވެނި ކުރި ޚަބަރު ބައެއް މީޑިއާތަކުން ވެސް ވަނީ ގެނެސްދީފައެވެ. ނަމަވެސް ގިނަ ބަޔަކަށް އެއީ ކޮން ބައެއް ކަމެއް އެނގިފައެއް ނުވެއެވެ.

މައި އާއި ރިޒާގެ ކައިވެނީގެ ޚަބަރަށް ކޮމެންޓު ކުރި ގިނަ ބަޔަކު ހީކުރި ގޮތުގައި، އެއީ ވެސް ހަމަ އާންމުންގެ ތެރެއިން ހިމެނިގެންވާ ބައެކެވެ. އެހެންކަމުން "މިހާރު ހަމަ ކޮންމެ މީހަކު ކައިވެނި ކުރިޔަސް ޚަބަރުތަކުގައި ޖަހަނީތޯ" ބައެއް މީހުން ސުވާލު ކޮށްފައިވެއެވެ. މީގެ އިތުރުން އެއީ ކޮން ބައެއްތޯ ބައެއް މީހުން އަހައިފައި ވެއެވެ.ކޮން ބައެއްކަން ނޭނގުނު ކަމުގައި ވިޔަސް ކައިވެނީގެ ތަހުނިޔާ ފޮނުވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

މައި އާއި ރިޒާ ކައިވެނި ކުރީ ހ. ވޭމުއިވިލާގައި އާއިލާ މީހުންނާ އެކު ބޭއްވި ކުޑަ ހަފްލާއެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ ދެ އެތުލީޓުން ކައިވެނި ކުރީ ލޯބީގެ ގޮތުން ތިން އަހަރު އެކު އެކީގައި އުޅެފައި ކަމަށް ވެސް އެނގިފައިވެއެވެ.

ރިޒާ މަސައްކަތް ކުރަނީ އެމްއެންޑީއެފް ގައެވެ. އޭނާ ވަނީ 2019 ވަނަ އަހަރު ބޭއްވި ނެޝަނަލް ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގައި 1500 މީޓަރުގެ ބައިން ރަން މެޑަލް ހޯދާފައެވެ.

މައިއަކީ ކުރީގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ ފަތުހުﷲ ވަހީދު (ފައްލޯ)ގެ ދަރިއެވެ. އޭނާއަކީ ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިޔެއެކެވެ. އެންމެ ފަހުން މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އަންހެން ޓީމު އިވެންޓުން ލޯ މެޑަލް ހޯދި ޓީމުގައި ވެސް މައި ކުޅެފައިވެއެވެ.

ކުރު ގޮތަކަށް ބުނަންޏާ، މައި އާއި ރިޒާއަކީ ރާއްޖެ ތަމްސީލު ކުރާ، ރާއްޖެއަށް ފަޚުރުވެރި، ޝަރަފުވެރި ނަން ހޯދައިދީފައިވާ ހުނަރުވެރި އެތުލީޓުންނެވެ.

"ދެން" ގެ ފަރާތުން މައި އާއި ރިޒާއަށް އުފާވެރި ބާއްޖަވެރި ކައިވެންޏަކަށް އެދެމެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް