Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރާއްޖޭގައި ޕީސީއާރުގެ ފޭކް ޓެސްޓްތަކެއް

ރާއްޖޭގައި ޕީސީއާރުގެ ފޭކް ޓެސްޓްތަކެއް

ރާއްޖޭގައި ފޭކު ޕީސީއާރު ޓެސްޓުތަކެއް ހަދައިދެމުން އަންނަ ކަމުގެ ތުހުމަތު، މި ވިޔަފާރީގައި އުޅޭ ބައެއް ފަރާތްތަކުން ކޮށްފިއެވެ.

އޮންލައިން ނޫސް “މިހާރު” އަށް ނަން ހާމަ ނުކުރުމަށް ވާހަކަ ދެއްކެވި، ލެބޯޓަރީއެއްގެ ވެރިޔަކު ވަނީ އެކަން ހިނގާ ގޮތް ކިޔައިދީފައެވެ.

އެގޮތުން ފައިސާއަށް ބަޔަކު ފޭކް ޓެސްޓާއި ނަތީޖާ ހަދަމުންދާކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ފައްސި ނަތީޖާއެއް ދިނުމުން އެ ނަތީޖާ ކޮންމެވެސް ގޮތަކުން ނައްސިކޮށް ފުރައިގެން ދާ މައްސަލަ ފެންމަތިވެފައިވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

"އަޅުގަނޑުމެންނަށް ބައެއް ފަރާތްތަކުން، ހާއްސަކޮށް ބައެއް ރިސޯޓްތަކުން ވެސް ގުޅާފައި އެބަހުރި 100 ޑޮލަރަށް މިވެނި ތަނަކުން ނެގެޓިވް ރިޕޯޓް އެބަ ލިބެއޭ. ތިތަނުން ހަދައިދީބަލާށޭ ކިޔާފަ. ތެދެއް ދޮގެއް ނޭނގެ. އަޅުގަނޑުމެންނަށް އިވިފައި އެބައޮތް ބައެއް ލެބޯޓަރީތަކުން ސާމްޕަލް ނުވެސް ހަދައި ނެގެޓިވް ރިޕޯޓް ދީފައި ހުރި ވާހަކަތަކެއް." އޭނާ މިހާރު ނޫހަށް ކިޔާދިނެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަން ޔަގީންވާ ވަރުގެ ހެކި އޭނާގެ އަތުގައި އެބަހުއްޓެވެ.

ފޭކް ޓެސްޓު ހަދައިގެން ދަތުރުކުރުން ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ވެސް ވަނީ އާންމުވެފައެވެ. އެގޮތުން އިންޑިއާއިން ވެސް މިކަމާ ގުޅޭ ގިނަ ކޭސްތަކެއް ފެނުމާ ގުޅިގެން މިހާރު އިންޑިއާގެ އެއާޕޯޓުތަކުން ވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެ ގޮތުން މިހާރު ބަލައިގަންނަނީ ހުއްދަ ދީފައިވާ ލެބޯޓްރީއެއްގެ ތައްގަނޑު ޖަހާފައި ހުންނަ ފޯމްތައް އެކަންޏެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް