Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މާލޭގައި މަޖާ ކުރާ މަރުކަޒުތައް އެޅުމަށް ހުށަހެޅި ގަރާރު ފާސް ކޮށްފި

މާލޭގައި މަޖާ ކުރާ މަރުކަޒުތައް އެޅުމަށް ހުށަހެޅި ގަރާރު ފާސް ކޮށްފި

މާލޭގައި މަޖާ ކުރުމުގެ މަރުކަޒުތައް ގާއިމް ކުރުމަށް ގޮވާލާ ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހަޅުއްވައިފައި ވަނި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްއެވެ. އަދި މި ގަރާރު ފާސް ވެފައި ވަނީ 46 ވޯޓާއެކުއެވެ. އަދި މި ގަރާރު ފާސް ކުރުމަށް ނުފެންނަކަމަށް ފަސް މެމްބަރަކު ވޯޓު ލައިފައިވާއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު ތިއްބެވެ.

‏ލަތީފް ވިދާޅުވީ އެ ޤަރާރުގެ އެންމެ ބޮޑު ބޭނުމަކީ ހުނަރާ ގުޅޭ އެކިކަންކަން ކުރެވޭނެ މާހައުލެއް ޤާއިމް ކުރުން ކަމަށެވެ. އަދި ޒަމާނުއްސުރެ މާލެއަށް ދިމާވެފައިވާ އިޖްތިމާޢީ މައްސަލަތަކަކީ އެމައްސަލަތަކުން މުޅީން އަރައިގަތުމަށް އިންތިހާއަށް ދަތިވެފައިވާ މައްސަލަތަކެއް ކަމަށެވެ.

Advertisement
Allied — Dhen Online (box)

ޒުވާނުންނަށް ރައްޓެހިންނާއި އެކުވެރީންނާއެކު ހީ، ސަމާސާކޮށް، މަޖާކޮށްލެވޭ ފަދަ މާހައުލެއްގައި މިޔުޒިކް އަޑުއަހާލައި ވަގުތު ހޭދަ ކޮށްލެވޭނޭ މަރުކަޒަކަށް އިންތިހާއަށް ބޭނުންވެފައިވާ ކަމަށް ލަތީފް ވިދާޅުވިއެވެ. އަދި އެ ޤަރާރު ފާސް ވުމުން، މިއުޒިކް ރެކޯޑިންގް ސްޓޫޑިޔޯއާއި ބޭންޑް ޕްރެކްޓިސް ރޫމް ފަދަ ވަސީލަތްތައް އެމަރުކަޒުގައި ހުންނާން ޖެހޭ ކަމަށް ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް