Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ބައެއް ވަޒީރުން ވަކިކޮށް ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ރައީސް ފައްޓަވައިފި

ބައެއް ވަޒީރުން ވަކިކޮށް ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ރައީސް ފައްޓަވައިފި

ބައެއް ވަޒީރުން ވަކިކޮށް ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފައްޓަވައިފިއެވެ.

ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވަން އުޅުއްވާކަމަށް މީގެކުރިން ވެސް ރައީސް ޞާލިޙް ވަނީ އިޝާރާތް ކުރައްވާފައެވެ. އަދި މި ބަދަލުތައް ގެންނަވަން އުޅުއްވާކަން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މެދުވެރިކޮށް ކޯލިޝަންގެ ލީޑަރުންނަށް މިހާރު ވަނީ އަންގަވާފައި ކަމަށް ވެސް އެނގިފައިވެއެވެ.

ނަމަވެސް ކެބިނެޓަށް ގެންނަވާ ބަދަލުތައް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

Advertisement
Allied Insurance — Square (box)

އެނގިފައިވާ ގޮތުގައި ބައެއް ވަޒީރުންގެ ވުޒާރާތައް ބަދަލުކޮށް، ބައެއް ވަޒީރުން ވަކިކުރަން މިހާރު ވަނީ ނިންމަވައިފައެވެ.

އެނގިފައިވާ ގޮތުގައި، ވަކި ކުރާ ވަޒީރުން ވަކި ކުރަނީ ޒިންމާ އަދާ ނުކުރެވޭތީ ކަމަށާއި، އަދި އެ ޒިންމާތައް އަދާ ނުކުރެވޭ ކަމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ލިބޭތީ ކަމަށް ލީޑަރުންނަށް އަންގާފައިވެއެވެ.

އިތުރު ތަފްސީލު އަންނަނީ

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް