ފުޓްސަލް މުބާރާތެއް ހުއްޓުވުމުން މައިމޫނާގެ ގެކޮޅު ކައިރިއަށް އެއްވެއްޖެ

ހުޅުމާލޭގައި ފުޓްސަލް މުބާރާތެއް ހުއްޓުވުމުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ ގެކޮޅު ކައިރިއަށް ޒުވާނުންތަކެއް އެއްވެއްޖެއެވެ.
މައިމޫނާގެ ގެކޮޅު ކައިރިއަށް މިރޭ ޒުވާނުން އެއްވީ ހުޅުމާލޭގައި ކުރިއަށްދާ އެލްއެފް ފުޓްސަލް ކަޕް 2021 ހުއްޓުވުމުންނެވެ. އެ މުބާރާތް ހުއްޓުވީ ، މުބާރާތް ކުރިއަށް ގެންދަނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ކަމަށް ބުނެ، އެތަނަށް ފުލުހުން ގޮހެވެ.
<img class="alignnone wp-image-84135 size-full" src="https://cdn.dhen.mv/wp-content/uploads/2021/04/IMG-7224143beadf442e2994f9f865a70b26-V.jpg" alt="" width="1600" height="1200" />
އެލްއެފް ފުޓްސަލް ކަޕަކީ ޔޫތު މިނިސްޓްރީ އަދި އެޗްޑީސީ ފަދަ ތަންތަނުގެ އެއްބާރުލުމާ އެކު ކުރިއަށްދާ މުބާރާތެކެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާ ދޭން ވަނީ ނިންމާފައެވެ.






ކޮމެންޓް