Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކޮވިޑް ދިފާޢު: 97،339 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފި

ކޮވިޑް ދިފާޢު:  97،339 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފި

ރާއްޖެއިން 97،339 މީހުން ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި ވެކްސިންގެ ދެވަނަ ޑޯޒް އިއްޔެ ޖަހައިފައި ވަނީ 4،727 މީހުންނެވެ. އަދި ފުރަތަމަ ޑޯޒް ޖަހައިފައި ވަނީ 982 މީހުންނެވެ.

މާލެ ސަރަޙައްދުގައި އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައި ވަނީ 343 މީހުންނެވެ. އަދި ދެވަނަ ޑޯޒް ޖަހައިފައި ވަނީ 1،933 މީހުންނެވެ.

Advertisement
Allied Insurance — Square (box)

އަތޮޅުތެރެއިން އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައި ވަނީ 639 މީހުންނެވެ. އަދި ދެވަނަ ޑޯޒް ޖަހައިފައި ވަނީ 2،794 މީހުންނެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި މިހާރު ދެމުން ގެންދަނީ ތިން ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާކުރި އަސްޓްރާޒެނެކާ ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކޮށްފައިވާ ސިނޮފާމް ވެކްސިންގެ އިތުރުން ބަޔޮއެންޓެކް ފައިޒާ ވެކްސިނެވެ.

މީގެތެރެއިން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ނިންމައި މިހާރު ދެނީ ދެވަނަ ޑޯޒެވެ. ސިނޮފާމްގެ މިހާރު ދެނީ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒެވެ. އަދި ފައިޒާ ވެކްސިން ދެނީ ރިސްކް ހައި މީހުން ފަދަ ޚާއްޞަ ފަރާތްތަކަކަށް އެކަންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް