ކެބިނެޓުގެ ހަތަރު މަގާމަކަށް މާދަމާ ބަދަލު ގެންނަނީ

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ކެބިނެޓްގެ ހަތަރު މަގާމަކަށް މާދަމާ ބަދަލު ގެންނަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެނގިފައިވާ ގޮތުގައި އެއީ އެންވަޔަރްމެންޓް މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީ އަދި ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެންވަޔަރްމަންޓް މިނިސްޓަރުކަމުގެ މަގާމުގައި މިހާރު ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަން، ފިޝަރީޒް މިނިސްޓަރުކަމުގެ މަގާމަށް ބަދަލު ކުރައްވައި އެ މިނިސްްޓްރީގައި މިހާރު ހުންނެވި ޒަހާ ވަހީދު ބަދަލު ކުރައްވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމަށެވެ. އެއަށް ފަހު އެންވަޔަރްމެންޓް މިނިސްޓަރުކަމަށް ހަމަޖައްސަަ ވާނީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިނިސްޓަރ އޮފް ޓެލެކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމަށް ވެސް މާދަމާ ރައީސް ޞާލިޙް ބޭފުޅަކު ހަމަޖައްސަވާނެކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އެ މަގާމަކީ ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއް ކަމަށް ވާތީ އެމަގާމަށް ހަމަޖައްސަން ޖޭޕީން ބޭފުޅެއްގެ ނަން ވަނީ ރައީސަށް ފޮނުވައިފައެވެ.
ކެބިނެޓަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ދާދި ފަހުން ރައީސް ޞާލިޙް ވަނީ ކޯލިޝަން ޕާޓީތަކަށް އަންގަވާފައެވެ.






ކޮމެންޓް